Advertisement

ކައުނު އުފެދުން ދިރާސާކުރުމަށް ނާސާއިން ދެ މިޝަނެއް ފަށައިފި

13 މާރިޗު 2025 - 07:56 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ސަތޭކަ މިލިއަނެއްހާ ގެލެކްސީތަކުގެ މަޢުލޫމާތު ނާސާއިން އެއްކުރާނެ --


ކައުނު އުފެދުން ދިރާސާކުރުމަށް ނާސާއިން ދެ މިޝަނެއް ފަށައިފި

13 މާރިޗު 2025 - 07:56 0

ކައުނު އުފެދުމާއި އިރުގެ ބޭރު ޖައްވު ދިރާސާ ކުރުމަށް ދެ މިޝަނެއް ނާސާއިން ފަށައިފި ކަމަށް އެ އިދާރާގެ ވެބްސައިޓުގައި އަންގާރަ ދުވަހު ހާމަކޮށްފިއެވެ.

ސްޕެކްސްގެ ފާލްކަން 9 ރޮކެޓެއްގައި އެސްޕީއެޗްއީއާރްއީއެކްސް އޮބްޒަވޭޓަރީއާއި ޕަންޗް ސެޓެލައިޓް ކޮންސްޓެލޭޝަން އަންގާރަ ދުވަހު ކެލިފޯނިއާގެ ވެންޑެންބާގް ސްޕޭސް ފޯސް ބޭސްއިން ވަނީ ދަތުރު ފަށައިފައެވެ.

ފެބްރުއަރީ މަހުން ފެށިގެން ޓެކްނިކަލް މައްސަލަތަކާއި މޫސުމީ ހާލަތުގެ ސަބަބުން އެތައް ފަހަރެއްގެ މަތިން މި އުޅަނދުގެ ދަތުރު އޮތީ ފަސްކުރެވިފަ އެވެ.

ނާސާއިން ބުނީ މި އުޅަނދު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި އުޑުގެ މެޕެއް ހަތަރު ފަހަރު ހަދައި، ސަތޭކަ މިލިއަނެއްހާ ގެލެކްސީތަކުގެ މައުލޫމާތު އެއްކުރުމަށް ވަނީ ތައްޔާރުވެފައިކަމަށެވެ.

އެސްޕީއެޗްއީއާރްއީއެކްސް އަކީ ކައުނުގެ ތާރީހާއި، ރީއައިއޮނައިޒޭޝަން ޒަމާނާއި، އައިސް އެކްސްޕްލޯރާގެ ސްޕެކްޓްރޯ-ފޮޓޯމީޓަރގެ ކުރު ނަމެވެ.

މި އުޅަނދުން އުޑުގެ 3ޑީ މެޕެއް ހަދައި، ސަތޭކަ މިލިއަނަށްވުރެ ގިނަ ގެލެކްސީތަކުގެ އަލީގެ ތަފްސީލު ދިރާސާކުރާނެ އެވެ. މި މައުލޫމާތުން ގާތްގަނޑަކަށް 14 ބިލިއަން އަހަރު ކުރިން ކައުނު އުފެދުނު ގޮތުގެ އިތުރު މައުލޫމާތު ލިބިދާނެ ކަމަށް ނާސާއިން އުންމީދުކުރެ އެވެ.

ކޮރެއާ އޭރޯސްޕޭސް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި އެސްޕީއެޗްއީއާރްއީއެކްސް ޓެލެސްކޯޕް ކާމިޔާބުކަމާއެކު ދަތުރު ފެށުމަށް ފަހު މިހާރު ވަނީ އިބްތިދާއީ މަރުހަލާއަށް ވަދެފަ އެވެ.

ޔޮންހަޕް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އުޅަނދު ރޮކެޓުން ވަކިވެ، ނާސާގެ ނިއާ ސްޕޭސް ނެޓްވޯކްގެ ތެރެއިން ނޯވޭގެ ސްވަލްބާޑް ގްރައުންޑް ސްޓޭޝަނާ ގުޅުން ގާއިމުކޮށްފައިވެ އެވެ.

488 މިލިއަން ޑޮލަރުގެ އެސްޕީއެޗްއީއާރްއީއެކްސް ޓެލެސްކޯޕަކީ ކޮރެއާ އެސްޓްރޮނޮމީ އެންޑް ސްޕޭސް ސައިންސް އިންސްޓިޓިއުޓާއި ނާސާ ގުޅިގެން ތައްޔާރުކޮށްފައިވާ އުޅަނދެކެވެ.