Advertisement

ހުލާސާކޮށް އިއްޔެ: ފާޑުކިޔުން އަމާޒު ވުމުން އުޝާމް ޖޭއެސްސީގެ ކޮމިޓީން ވަކިވުން

8 މާރިޗު 2025 - 07:59 0

ރައީސް މުއިއްޒު، އުޝާމް އާ ސަލާމް ކުރައްވަނީ. ފަނޑިޔާރުން މައްސަލަތައް ބެލުމުގައި އިސްކޮށް ހުންނެވީ އެކަނީ އުޝާމް


ހުލާސާކޮށް އިއްޔެ: ފާޑުކިޔުން އަމާޒު ވުމުން އުޝާމް ޖޭއެސްސީގެ ކޮމިޓީން ވަކިވުން

8 މާރިޗު 2025 - 07:59 0

ސަސްޕެންޑު ކޮށްފައި ތިބި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ޖޭއެސްސީން އެކުލަވައިލި ކޮމިޓީން ބަންޑާރަނައިބު އަހުމަދު އުޝާމް އަމިއްލައަށް ވަކިވެވަޑައިގެންފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ތިއްބެވީ ބަންޑާރަނައިބު އަހުމަދު އުޝާމް އާއި ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ ކުރިން ޖޭއެސްސީ އަށް އައްޔަން ކުރި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދު އަދި ވަކީލުންގެ ތެރެއިން އައްޔަން ކުރެއްވި އަލީ އަބްދުއްލަތީފު އެވެ.

ނަމަވެސް އުޝާމް އެ ކޮމިޓީން އިއްޔެ އަމިއްލައަށް ވަކިވެވަޑައިގަތުމާއެކު، އޭނާގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަނު ކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، މުހައްމަދު ނާސިހު އެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސޫގެ ކޮމިޓީން މީގެ ކުރިން ބަލަމުންދިޔައީ ފަނޑިޔާރުކަމުން މިފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދުގެ މައްސަލަ އެވެ.

މުހިއްމު ބައެއް ހަބަރު