ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ތިން ގައުމަކަށް ކުރެއްވި ދަތުރަށް ހަރަދުވީ 1.8 މިލިއަން ރުފީސް (6000 އެމެރިކާ ޑޮލަރު) ބުނެފި އެވެ.
ޑިސަނަޔަކެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ވަޑައިގެންފައި ވަނީ، ޗައިނާ، އިންޑިއާ އަދި ޔޫއޭއީ އަށެވެ.
މި ދަތުރުތަކުގެ ތަފްސީލް ސްރީލަންކާގެ މިނިސްޓަ އޮފް ހެލްތު އެންޑް މާސްމީޑިއާ ނަލިންދާ ޖަޔަސިތާ ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހާ ހިއްސާކޮށްފަ އެވެ.
މި ދަތުރުތަކަށް ރައީސް ޑިސަނަޔަކެއަށް ލިބިވައިގެންނެވި އެލަވަންސްގެ ތެރެއިން ބާކީވި ފައިސާ އަނބުރާ ރައްދުކޮށްފައިވެ އެވެ.
ރައީސް ޑިސަނަޔަކެ ދަތުރުތައް ކުޑަ ހަރަދަކުރުން ކުރިއިރު، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަތުރުތަކަށް 3.5 ބިލިއަން ރުޕީސް ހަރަދުކޮށްފައިވެ އެވެ. ކުރީގެ ސަރުކާރުގެ ވެރިން، ދަތުރަށް ފަހު، ބާކީ ވާ އެލަވަންސް ވެސް އަނބުރާ ރައްދު ނުކުރާ ކަމަށް ވެސް ޖަޔަސިތާ ވިދާޅުވި އެވެ.
Comment