Advertisement

އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ފެށިގެން ކުރިއަށް

22 ފެބުރުވަރީ 2025 - 00:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލްގެ ތެރެއިން -- ފޮޓޯ: އުރީދޫ


އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ފެށިގެން ކުރިއަށް

22 ފެބުރުވަރީ 2025 - 00:21 0

އުރީދޫ ނޭޝަންގެ އެންމެ ބޮޑު ގޭމިން އިވެންޓް ކަމަށްވާ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ފަށައިފި އެވެ.

މާލޭ އުސްފަސްގަނޑުގައި ކުރިއަށްދާ އެ ފެސްޓިވަލަކީ މިދިޔަ އަހަރު ތެރޭގައި ބޭއްވި އުރީދޫ ނޭޝަންގެ ހުރިހާ މުބާރާތެއްގެ ނިމުމެވެ. އެ ފެސްޓިވަލްގެ ތެރޭގައި އާންމުންނަށް ގޮސް އެކި ގޭމްތައް ކުޅުމަށް ފުރުސަތު ލިބޭނެ އެވެ.

ގޭމިން ފެސްޓިވަލްގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް، ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީގެ އިތުރުން ކޮސްޕްލޭ މުބާރާތެއް ކުރިއަށް ގެންދެ އެވެ. އޭގެތެރެއިން ކޮންމެ މުބާރާތެއްގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ އެ ފެސްޓިވަލްގައި ހޮވާނެ އެވެ. އަދި ހުރިހާ މުބާރާތެއްގައި ބައިވެރިވާ ކުޅުންތެރިންގެ ނަތީޖާއަށް ބަލައި އުރީދޫ ނޭޝަންގެ އަލްޓިމޭޓް ޕްލޭޔާއެއް ފެސްޓިވަލްގައި ހޮވާނެ އެވެ.

ފައިސާގެ އިނާމު ބެހިފައިވާގޮތް:

  • ޕަބްޖީ މޯބައިލް: ޗެމްޕިއަނަށް 50،000ރ. ، ދެވަނައަށް 20،000ރ. ، ތިންވަނައަށް 15،000ރ. ، ހަތަރުވަނައަށް 10،000ރ. އަދި މޮޅު ކުޅުންތެރިޔާއަށް 5،000ރ.
  • ބޭންގް ބޭންގް (އެމްއެލްބީބީ): ޗެމްޕިއަނަށް 20،000ރ. ، ދެވަނައަށް 15،000ރ. ، ތިންވަނައަށް 10،000ރ. އަދި މޮޅު ކުޅުންތެރިޔާއަށް 5،000ރ.
  • އީއޭއެފްސީ: ޗެމްޕިއަނަށް 20،000ރ. ، ދެވަނައަށް 15،000ރ. ، ތިންވަނައަށް 10،000ރ. އަދި މޮޅު ކުޅުންތެރިޔާއަށް 5،000ރ.
  • ކޮސްޕްލޭ މުބާރާތް: ޗެމްޕިއަނަށް 5،000ރ. ، ދެވަނައަށް 3،000ރ. އަދި ތިންވަނައަށް 2،000ރ.
  • އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާ: 30،000ރ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުމުގެ ގޮތުން އުރީދޫއިން ކުރަމުން އަންނަ މަސައްކަތެކެވެ.

އަލްޓިމޭޓް ގޭމިން ފެސްޓިވަލަކީ އަހަރު ތެރޭގައި ބޭއްވޭ އެކި އެކި މުބާރާތްތަކުން ކޮލިފައިވާ ގޭމަރުންގެ ހުނަރު ބޮޑު ސްޓޭޖެއްގައި ދައްކާލުމުގެ ފުރުސަތު ލިބިގެންދާ އިވެންޓެކެވެ.

މުބާރާތްތަކުގެ އިތުރުން އެ ފެސްޓިވަލްގައި ހިތްގައިމު ހަރަކާތްތަކާއި ގޭމިން ޝޯކޭސްތަކާއި ކުޅުންތެރިންނާއި ބެލުންތެރިންނަށް ވެސް ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.