Advertisement

އީސީގެ ރައީސްކަމަށް ޒާހިދު، ނައިބަކަށް ސަލާހު އައްޔަންކޮށްފި

18 ފެބުރުވަރީ 2025 - 19:53 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އީސީގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް އައްޔަނު ކުރެއްވި ބޭފުޅުން --


އީސީގެ ރައީސްކަމަށް ޒާހިދު، ނައިބަކަށް ސަލާހު އައްޔަންކޮށްފި

18 ފެބުރުވަރީ 2025 - 19:53 0

އިލެކްޝަންސް ކޮމިޝަނު(އީސީ) ގެ ރައީސް އަދި ނައިބު ރައީސަށް އައްޔަންކުރުމަށް ނަން ފޮނުއްވި ދެ ބޭފުޅުންނަށް ރުހުން ދިނުމާއެކު މަގާމަށް އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އީސީގެ ރައީސަކަށް އައްޔަންކުރީ މުހައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548، އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސަކަށް އައްޔަންކުރީ އަބްދުއްރަހުމާން ސަލާހު ރަޝީދު، ކ. ހުރާ، ރޯޒް އެވެ.

ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުން މި ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެ އެވެ.

އީސީގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި، ފުއާދު ތައުފީގުގެ ދައުރު ހަމަވުމުންނެވެ. އޭނާ މިހާރު ހުންނަވަނީ ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ނަޝާތު މަގާމުން ވަކިކުރަން މިދިޔަ ނޮވެމްބަރު 25، ގައި މަޖިލީހުން ފާސްކުރުމުންނެވެ.

ނަޝާތު މަގާމުން ވަކި ކުރަން ފާސްކުރީ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަރުހަލާއަށް ހުރަސް އެޅުމާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ އިތުރުން އިލެކްޝަންސްގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައިގެން އެޕްލިކޭޝަންތަކެއް ހަދައި ވިއްކި ކަމުގެ ތުހުމަތުގަ އެވެ.