Advertisement

އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި 240،000ރ. ގެ ޕްރައިޒް ޕޫލެއް

18 ފެބުރުވަރީ 2025 - 18:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި 240،000ރ. ގެ ޕްރައިޒް ޕޫލެއް

18 ފެބުރުވަރީ 2025 - 18:46 0

އުރީދޫ ނޭޝަންގެ އެންމެ ބޮޑު ގޭމިން އިވެންޓް ކަމަށްވާ އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި 240،000ރ. ގެ ޕްރައިޒް ޕޫލެއް ކަނޑައަޅައިފި އެވެ.

ފެބްރުއަރީ 21، އިން 22 ގެ ނިޔަލަށް މާލޭ އުސްފަސްގަނޑުގައި ކުރިއަށްދާ ފެސްޓިވަލަކީ މިދިޔަ އަހަރުގެ ތެރޭގައި ބޭއްވުނު އުރީދޫ ނޭޝަންގެ ހުރިހާ މުބާރާތެއްގެ ނިމުމެވެ.

ޕްރައިޒް ޕޫލްގެ ތެރޭގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް، ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީގެ އިތުރުން ކޮސްޕްލޭ މުބާރާތަކާއި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ލިބޭ ކުޅުންތެރިޔާ ހޮވާނެ އެވެ.

ފައިސާގެ އިނާމު ބެހިފައިވާގޮތް:

ޕަބްޖީ މޯބައިލް: ޗެމްޕިއަނަށް 50،000ރ. ، ދެވަނައަށް 20،000ރ. ، ތިންވަނައަށް 15،000ރ. ، ހަތަރުވަނައަށް 10،000ރ. އަދި މޮޅު ކުޅުންތެރިޔާއަށް 5،000ރ.

ބޭންގް ބޭންގް (އެމްއެލްބީބީ): ޗެމްޕިއަނަށް 20،000ރ. ، ދެވަނައަށް 15،000ރ. ، ތިންވަނައަށް 10،000ރ. އަދި މޮޅު ކުޅުންތެރިޔާއަށް 5،000ރ.

އީއޭއެފްސީ: ޗެމްޕިއަނަށް 20،000ރ. ، ދެވަނައަށް 15،000ރ. ، ތިންވަނައަށް 10،000ރ. އަދި މޮޅު ކުޅުންތެރިޔާއަށް 5،000ރ.

ކޮސްޕްލޭ މުބާރާތް: ޗެމްޕިއަނަށް 5،000ރ. ، ދެވަނައަށް 3،000ރ. އަދި ތިންވަނައަށް 2،000ރ.

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާ: 30،000ރ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ ފާހަގަކޮށް ބާރުވެރިކުރުމުގެ ގޮތުން އުރީދޫއިން ކުރަމުން އަންނަ މަސައްކަތެކެވެ.

އަދި އަލްޓިމޭޓް ގޭމިން ފެސްޓިވަލަކީ އަހަރު ތެރޭގައި ބޭއްވޭ އެކި އެކި މުބާރާތްތަކުން ކޮލިފައިވާ ގޭމަރުންގެ ހުނަރު ބޮޑު ސްޓޭޖެއްގައި ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އިވެންޓެކެވެ. މުބާރާތްތަކުގެ އިތުރުން އެ ފެސްޓިވަލްގައި ހިތްގައިމު ހަރަކާތްތަކާއި ގޭމިން ޝޯކޭސްތަކާއި ކުޅުންތެރިންނާއި ބެލުންތެރިންނަށް ވެސް ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ އެވެ.

އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނެޝަނުން ގޭމިންއަށް ޝައުގުވެރިވާ ހުރިހާ އެންމެންނަށް އުރީދޫއިން ވަނީ ދައުވަތު ދީފަ އެވެ.