Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ކާށިދޫން ހިތްވަރާ އެކު ކުޅެނީ މަސައްކަތްކޮށްފިއްޔާ ބަލިނުކުރެވޭނެ ޓީމެއް ނެތް ކަމަށް ދެކިގެން

18 ފެބުރުވަރީ 2025 - 07:38 0

ކާށިދޫގެ ކޯޗު އަލީ ހައިޝަމް (ޗުމްޕު) މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖް: ކާށިދޫން ހިތްވަރާ އެކު ކުޅެނީ މަސައްކަތްކޮށްފިއްޔާ ބަލިނުކުރެވޭނެ ޓީމެއް ނެތް ކަމަށް ދެކިގެން

18 ފެބުރުވަރީ 2025 - 07:38 0

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި ކ. ކާށިދޫން މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައި ނުކުތީ ހިތްވަރާ އެކު، މަސައްކަތްކޮށްފިއްޔާ އެ ޓީމަށް ބަލިނުކުރެވޭނެ ޓީމެއް ނެތް ކަމަށް ދެކިގެން ކަމަށް އެ ޓީމުގެ ކޯޗު، އަލީ ހައިޝަމް (ޗުމްޕު) ބުނެފި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު އެންމެ ތަފާތު ނަތީޖާތަށް ނެރެމުން އަންނަ އެއް ޓީމަކީ، ކާށިދޫ އެވެ. އެ ޓީމުން ވަނީ، ކ. އަތޮޅު ސެމީ ފައިނަލުގައި އެ އަތޮޅުގެ އެންމެ ކާމިޔާބު ޓީމު އަދި މި މުބާރާތުގެ ފައިނަލުގައި ދެ ފަހަރު ކުޅުނު، ކ. ގާފަރު ކަޓުވާލައިފަ އެވެ. އަދި ގަދަ 16 ބުރުގައި، ކާށިދޫން ވަނީ، މި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަަހަރު ހޯދި ތ. ތިމަރަފުށި، ޕެނަލްޓީ ޖަހައިގެން ބަލިކޮށް، އެ ޓީމު ކަޓުވާލައިފަ އެވެ.

"ވަރަށް އުފާވެއްޖެ އަސްލު، މިއީ، ހުރިހާ ވެސް އެއްޗަކީ ކުޅުންތެރިން ދަނޑުމަތީގައި ކުރާ މަސައްކަތް ކަންނޭނގެ. މި ވަރުގެ ޓީމެއް، އަނެއްހެން ބުނަންޏާ ޗެމްޕިއަނެއް ބަލިކުރެވޭނީ ވަރަށް މަސައްކަތްކޮށްގެން، އެކަން ކަންނޭނގެ އެ ފެނުނީ އަސްލު،" ޗުމްޕު ބުންޏެވެ.

މިދިޔަ އަހަރު، ހއ. އުތީމުގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރި ޗުމްޕު މި ފަހަރު ކާށިދޫއާ އެކު ނުކުމެ، އެ ޓީމަށް ކ. އަތޮޅުގެ ދެ ވަަނަަ އާއި ޒޯން ތިނެއްގެ ދެ ވަނަ ވަނީ ހޯދައިދީފަ އެވެ. އެ ޓީމަކީ، ކުއާޓާ ފައިނަލަށް އައި ޓީމުތަކުގެ ތެރެއިން، ލ. ގަން ފިޔަވައި އަތޮޅު ތަށްޓާއި ޒޯން ތަށި ނުލިބި މި ހިސާބަށް އައި އަނެއް ޓީމެވެ.

"އަސްލު ކުޅުންތެރިންގެ މޯޓިވޭޝަނެއް ނުވެއްޓޭ، ތަށްޓެއް ނުލިބުނަސް ވެސް. ނޫނީ ފައިނަލެއްގައި ބަލިވިޔަސް ވެސް. އެ މީހުންގެ ވިސްނުން އިންނަނީ ހަމަ ޖެހިގެން އިންނަ މެޗު ނަގައިގެން މުބާރާތުގައ ދެެވެން އިންނަ އެންމެ ކުރިއަކަށް ދާން، ދެން، ހަމަ ފަހަރަކު މެޗަކުން ފަހަރަކު މެޗަކުން މޮޅުވެގެން ކުރިއަށްދިއުމުގެ ވިސްނުން ހުރީ،" ޗުމްޕު ބުންޏެވެ.

"މިހާރު އަސްލު ލިބިފައި އިން ރިޒަލްޓްތަކަށް ބަލާފައި. އަސްލު ނެތް ކަންނޭނގެ ވަކި ބަލިނުކުރެވޭނެ ޓީމެއް. ދެން، ހަމަ އޮންނާނީ ވެސް މޮޅެތި ޓީމުތައް ދެން ހަމަ އެ މެޗަށް ރެޑީވެލައިގެން އެ މެޗު ވެސް ނަގަން ރެޑީވާނީ،"

ކުއާޓާ ފައިނަލުގައި މިރޭ ކާށިދޫން ނުކުންނާނީ މާލެ ޒޯންގެ ޗެމްޕިއަން، ވިލިމާލެއާ ދެކޮޅަށެވެ. ވިލިމާލެ އަކީ މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައި ވާދަކުރި ޓީމެކެވެ. ވިލިމާލެ އާއި ކާށިދޫ ކުޅޭ މެޗު ފަށާނީ، މިރޭ 21:40 ގަ އެެވެ.