17 ފެބުރުވަރީ 2025 - 16:12 4
17 ފެބުރުވަރީ 2025 - 16:12 4
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ޒޯން ބުރުގައި، ލ. ގަމަށް ދިމާވި ގޮތުން ނޮކައުޓް ބުރަށް އެ ޓީމުން ތައްޔާރުވީ ވަރަށް ރަނގަޅަށް ޓީމުގެ ހުރިހާ ކަމެއް ރަނގަޅުކޮށް، އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދިއުމަށާއި ކުރިއަށް އޮތް ކުއާޓާ ފައިނަލުގައި ވެސް ނުކުންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް ކަމަށް އެ ޓީމުގެ މުހިންމު ކުޅުންތެރިޔާ، އަލީ ޝާމިސް (ތޮއްޕޭ) ބުނެފި އެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ގަމުން ފެށީ، ޗެރިޓީ ޝީލްޑް ދިފާއުކޮށްގެންނެވެ. އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ކުުޅުންތެރިން ނުލައި އަތޮޅު ބުރުގައި ކުޅެން ޖެހުނުއިރު، އެ ޓީމު އަތޮޅު ފައިނަލުން އިސްދޫ އަތުން ވަނީ ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ. އޭގެ ފަހުން، ޒޯން ހައެއްގައި ވާދަކޮށް ފައިނަލުގައި ތިމަރަފުށި އަތުން ވެސް ވަނީ ބަލިވެފަ އެވެ.
"އަހަރެެމެން އަސްލު ޒޯނުގައި ޓީމު ދިޔަ ގޮތުން، ވަރަށް ވެއްޓިފައި އިނީމަ، މި މެޗަށް، ވާހަކަ އަކީ ޒޯން ފައިނަަލަށް ފަހު އަހަރެމެން ނިންމީ ރައުންޑް އޮފް 16 މެޗު ނަގާލާނީއޭ ޓީމު އެކީ އެކައްޗެއް ގޮތުގައި ހަމަ، އިދިކޮޅުގައި އޮތް ޓީމަށް ބަލާފައި. ވަރަށް ބޮޑަށް ރެޑީވީ، އެ މީހުންގެ ގޭމް ހުއްޓުވައިގެން އަހަރެމެން ކުރިއަށްދާން،" ގަދަ 16 ބުރުގައި، ރ. އިނގުރައިދޫ އަތުން ޕެނަލްޓީ ޖަހައިގެން، 10-9 އިން މޮޅުވި މެޗަށް ފަހު ތޮއްޕޭ ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި އިނގުރައިދޫ ބަލިކުރުމަށްޓަކައި، ގަމުން އެންމެ ބޮޑަށް ވިސްނީ އެ ޓީމުގެ ތަރި، އަލީ ހާފިޒް (ހާއްޕެ) ހުއްޓުވުމަށް ކަމަށް ތޮއްޕޭ ވަނީ ފާހަގަކޮށްފަ އެވެ.
"ވަރަށް ބޮޑަށް ބަލަމުން ދިޔައީ، އެ ޓީމުގެ ޖޯޒީ ނަމްބަރު 9، އަލީ (އަލީ ހާފިޒް - ހާއްޕެ) ހުއްޓުވޭނެ ހުރިހާ ގޮތެއް އަހަރެމެން ވިސްނަމުން ރެޑީވެގެން ކޯޗުގެ އިރުޝާދާ އެކީގައި އަލްހަމްދުލިއްލާހި އަހަަރެމެންނަށް މި މެޗު މި ލިބުނީ، އެންމެން ކުރި މަސައްކަތުން މުޅި ޓީމު، ވާހަކަ އަކީ، ސަޕޯޓަރުންނާ އެކު ވެސް ކުރި މަސައްކަތުން މިވީ،" އަނިޔާ އަކުން ރިކަވާވަމުން މި ފަަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުން ފަށައިގެން ކުޅެމުން އަންނަ ތޮއްޕޭ ބުންޏެވެ.
މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަަލަށް ގަމުން ތަށި ދިފާއުކުރަން ނުކުތް ނަމަވެސް ފައިނަލުގައި ވަނީ، ބ. އޭދަފުށި އަތުން ބަލިވެފަ އެވެ. މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށަން ކުޅުނު ޝީލްޑް މެޗުގައި ގަމުން ވަނީ އޭދަފުށި އަތުން މޮޅުވެފަ އެވެ.
ތޮއްޕޭ ބުނީ، ޔަގީނުން ވެސް ގަދަ 16 ބުރުގައި ދެއްކި ކުޅުމަށް ވުރެ ވަރުގަދަ ކުޅުމެއް ކުއާޓާ ފައިނަލުގައި ދައްކަން ޖެހޭނެ ކަމަށެވެ.
"އިރާދަކުރައްވައިފިއްޔާ، އޭދަފުށްޓާ އެކުގައި އަހަރެމެން ނުކުންނާނީ ކުރިން ބުރު ލިބުނު ބައްޔާ ހުރިހާ އެއްޗެއް ބަލާފައި. ހަަމަ މި އަށް ވުރެ ބޮޑަށް ހިއްލާލާނަން (ކުޅުން ރަނގަޅުކުރާނަން) އިރާދަކުރެއްވިއްޔާ އަހަރެމެން އޭދަފުށި މެޗު ވެސް ނަގާނީ ހަމަ، ރަނގަޅަށް ޖައްސައިގެން މޮޅަކާ އެކީ، އިރާދަކުރެއްވިއްޔާ،" ތޮއްޕޭ ބުންޏެވެ.
ކުއާޓާ ފައިނަލުން ފެށިގެން ގަޑި ހުއްޓައިގެން ކުޅޭއިރު، އޭދަފުށްޓާއި ގަން ބައްދަލުކުރާ މެޗު ފަށާނީ މާދަމާރޭ 20:00 ގަ އެވެ.
Comment