17 ފެބުރުވަރީ 2025 - 15:41 0
އަތޫފް އާތިފް
17 ފެބުރުވަރީ 2025 - 15:41 0
ހދ. ނައިވާދޫގެ ތަރި އަބްދުالله ޝާފިއު (ޝާއްޕެ)ގެ ކަކުލަށް އަނިޔާވެ މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ދެން ނުކުޅެވޭނެ ކަމަށް އެ ޓީމުން ބުނެފި އެވެ.
ޝާއްޕެ އަށް އަނިޔާވީ، ޒޯން ފައިނަލުގައި ހއ. ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ. މި ފަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޝާއްޕެ ވަނީ، ހދ. އަތޮޅުގެ ތަށި ދިފާއުކޮށްދީ، ޒޯން ބުރުގެ ޗެމްޕިއަންކަން ނައިވާދޫ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި އެ ޒޯން އެކެއްގެ މޮޅު ކުޅުންތެރިޔަކީ ވެސް ޝާއްޕެ އެވެ.
އަނިޔާގެ ސަބަބުން ޝާއްޕެ ގަދަ 16 ގައި މައްޗަންގޯޅި އަތުން ނައިވާދޫ 7-0 ގެ ނަތީޖާ އަކުން މޮޅުވި މެޗުގައިވެސް ކުޅެފައި ނުވެ އެވެ.
ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޝާއްޕެ ވަނީ ނައިވާދޫއާއެކު ގިނަ ކާމިޔާބީ ތަކެއް ހޯދައިފަ އެވެ. އެގޮތުން މުބާރާތުގެ ހދ. ގެ ޗެމްޕިއަންކަމާ ޒޯންގެ ޗެމްޕިއަންކަން ގިނަ ފަހަރުތަކަކު ވަނީ ހޯދައިފަ އެވެ. އަދި 2023 ވަނަ އަހަރު ނައިވާދޫ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ގެންދިޔުމުގައި ޝާއްޕެގެ ދައުރު ބޮޑެވެ.
މާދަމާރޭ ކުއާޓާ ފައިނަލުގައި ނައިވާދޫން ކުޅޭނީ އދ. މަހިބަދޫއާ ދެކޮޅަށެވެ.
Comment