Advertisement

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާ ހޮވަން ވޯޓަށް ހުޅުވާލައިފި

16 ފެބުރުވަރީ 2025 - 14:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާއަށް ވާދަކުރާ ގޭމަރުން -- ފޮޓޯ: އުރީދޫ


އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާ ހޮވަން ވޯޓަށް ހުޅުވާލައިފި

16 ފެބުރުވަރީ 2025 - 14:47 0

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާ ހޮވަން ވޯޓަށް ހުޅުވާލައިފި އެވެ.

އަލްޓިމޭޓް ޕްލޭޔާއަށް ވާދަކުރަނީ އަހުމަދު އަޒީން ނަޒީމް (ޕްލޭޔާ 1)، އަހުމަދު މާހިލް (ޕްލޭޔާ 2)، ހައިޝަމް ވަހީދު (ޕްލޭޔާ 3)، ހަސަން ޝަމްހާން (ޕްލޭޔާ 4)، ރާއިދު ހަސަން (ޕްލޭޔާ 5) އަދި ޒަމީލް ޒިހްނީ (ޕްލޭޔާ 6) އެވެ.

ވޯޓުލުން ހުޅުވާލާފައި ވަނީ ހުކުރު ދުވަހުގެ ރޭ 23:59 ގެ ކުރިންނެވެ. މިގޮތުން ކުޅުންތެރިޔާގެ ނަންބަރު ޖެހުމަށް ފަހު ވޯޓުލާން ފޮނުވަން ޖެހެނީ 9144495 އަށެވެ.

އަލްޓިމޭޓް ޕްލޭޔާއަށް ވޯޓުލެވޭނީ ހަމައެކަނި އުރީދޫ ކަސްޓަމަރުންނަށެވެ. އަދި ކުރާ ކޮންމެ މެސެޖަކަށް 0.20ރ. ޗާޖު ކުރާނެ އެވެ.

އަލްޓިމޭޓް ޕްލޭޔާއަށް ހޮވޭ ގޭމަރަށް 30،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ. އެ ފައިސާގެ އިނާމު ހަވާލުކުރާނީ އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.