Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ދަރަނބޫދޫ ބަލިކޮށް މަހިބަދޫ އިން ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް

16 ފެބުރުވަރީ 2025 - 09:52 0

އަތޫފް އާތިފް

އަތޫފް އާތިފް

މަހިބަދޫ ޓީމުގެ ސުއައިދު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ގޯލްޑަން ފުޓްސަލް ޗެލެންޖް: ދަރަނބޫދޫ ބަލިކޮށް މަހިބަދޫ އިން ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް

16 ފެބުރުވަރީ 2025 - 09:52 0

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ފ. އަތޮޅުގެ ޗެމްޕިއަން، ދަރަނބޫދޫގެ މައްޗަށް ކުރިހޯދައި ފުރަތަމަ ފަހަރަށް އދ. މަހިބަދޫ އިން މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ގަދަ 16 ގައި ދަރަނބޫދޫއާ ދެކޮޅަށް ކުޅުނު މެޗު މަހިބަދޫ އިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާ އަކުންނެވެ. ކުއާޓާ ފައިނަލުގައި މަހިބަދޫން ކުޅޭނީ ރޭ ގަދަ 16 ބުރުގައި، މައްޗަންގޯޅި އަތުން 7-0 އިން މޮޅުވި، ހދ. ނައިވާދޫއާ އެވެ.

ދަރަނބޫދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ހަތް ވަނަ މިނިޓްގައި މަހިބަދޫ އަށް ލީޑު ނަގައިދިނީ އަބްދުالله މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އެކަމަކު މެޗުގެ 13 ވަނަ މިނިޓްގައި ދަރަނބޫދޫގެ ސާޖިދު އަހުމަދު އިބްރާހީމް ޖެހި ގޯލުން އެ ޓީމުން ނަތީޖާ ހަމަހަމަ ކުރި އެވެ.

މެޗުގެ 16 ވަަނަ މިނިޓްގައި މަހިބަދޫގެ އަހުމަދު ޒިފާން އިބްރާހީމް ގޯލު ޖަހާ އަލުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލި އެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނިޓްގައި މަހިބަދޫގެ ލީޑު ފުޅާކޮށްދިނީ ސުއައިދު ސައީދު އެވެ.

އެކަމަކު މެޗުގެ 34 ވަނަ މިނިޓްގައި މުޒްދާން ހަސަން ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ގާސިމް ސައްމާމް (ސައްމެ) ގޯލު ޖަހާ ލީޑު ފުޅާކޮށްދިނެވެ. އެކަމަކު، އޭގެ މިނިޓް އެއް ފަހުން މުޒްދާން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މެޗުން މަހިބަދޫ މޮޅުކޮށްދިން ގޯލު އެ ޓީމަށް ޖަހައިދިނީ އިބްރާހީމް އުސާމާ ހަސަން މަޖީދު އެވެ.

މައްޗަންގޯޅި ކޮޅަށް ނައިވާދޫގެ އަހުމަދު ހަމީދު (އައްމަޑޭ) އާއި މުހައްމަދު ޝާއިން, މީގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ.

މީގެ އިތުރުން ނައިވާދޫގެ އިސްމައިލް ވަހީދު, ޔޫސުފް ޝާއިފް, އަބްދުالله ވިސާމް އަދި ސައްމާމް ސަމީރު ވަނީ ގޯލެއް ޖަހައިފަ އެވެ.

މަހިބަދޫ އާއި ނައިވާދޫ ކުޅޭ ކުއާޓާ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭ 20:00 ގަ އެވެ.