Advertisement

ޑިމޮކްރެޓްސް އިން ބުނީ އަބަދާއިއަބަދު ބަގާވާތް ކުށްވެރިކުރަން ޖެހޭ ކަމަށް

7 ފެބުރުވަރީ 2025 - 22:18 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ނަޝީދު ޑިމޮކްރެޓްސްގެ ޕޯޑިއަމެއްގައި : ޑިމޮކްރެޓްސް އިން ބުނީ އަބަދާ އަބަދު ބަގާވާތް ކުށްވެރިކުރަން ޖެހޭ ކަމަށް -- ފޮޓޯ: އަދަދު


ޑިމޮކްރެޓްސް އިން ބުނީ އަބަދާއިއަބަދު ބަގާވާތް ކުށްވެރިކުރަން ޖެހޭ ކަމަށް

7 ފެބުރުވަރީ 2025 - 22:18 2

ގިނަ ޕާޓީގެ އެކުލެވޭ ގޮތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން މީގެ 13 އަހަރުކުރިން ބަގާވާތަކުން ބަދަލުކުރުން އަބަދާއިއަބަދު ކުށްވެރި ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވީ ފުލުހުންނާއި ސިފައިން އަދި އޭރުގެ އިދިކޮޅުން ގުޅިގެން ހިންގި ބަގާވާތެއްގަ އެވެ. ވެރިކަމާ ދެން ހަވާލުވެވަޑައިގެންނެވީ ނަޝީދުގެ ނައިބަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ. އެ ހާލަތަށް ގައުމު ދިޔައީ އިދިކޮޅުން މާލޭގައި ސިލްސިލާކޮށް ކުރި މުޒާހަރާތައް ދިގުލައިގެން ގޮސްފައިވަ ނިކޮށެވެެ.

އެ ދުވަހަށް 13 އަހަރު ފުރުމާ ގުޅިގެން ޑިމޮކްރެޓްސް އިން ބުނީ ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ ހައްގުތަކަށް ބައްޓަންވެގެންވީ ހެޔޮވެރިކަމުގެ ބޮޑެތި ބަދަލުތަކެއް ފެނުނު ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ކާމިޔާބިތައް އެ ޕާޓީން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި

  • ކޮންމެ ރައްޔިތަކަށް ހިލޭ ބޭސްފަރުވާ ލިބުން
  • ހިލޭ ފޮތްފަންސޫރާ ތައުލީމު ދެވޭން ފެށުން
  • ދޮށީ މީހުންނަށާއި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ނިކަމެތި ޔަތީމުންނާ އެކަނިވެރި މައިންނަށް ދައުލަތުން ދާއިމީކޮށް އަޅާލާން ފެށުން
  • ޓެކްސް ނިޒާމެއް ތައާރަފުކުރުން
  • ބޯހިޔާވަހިކަމާއި، ފެނާ ނަރުދަމާ އަދި ބަނދަރުތައް ހިމެނޭހެން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފެށުން
  • މަހުގެ އަގު އުފުލައި، ހަމަ އަގުގައި މަސްވެރިންނަށް ފައިސާ ދިނުން
  • ގެސްޓްހައުސް ވިޔަފާރި ތައާރަފުކުރުން
  • ދަތުރުފަތުރުގެ ނިޒާމެއް ފެށުން
  • ލާމަރުކަޒީ ނިޒާމު ތައާރަފުކުރުން

"އެހުރިހާ އުފާވެރި އުއްމީދީ ހެޔޮބަދަލުތައް ހުއްޓުވާލައި އަލުން އިހުގެ ހުދުމުހުތާރު ސަގާފަތާ ދިމާލަށް ގައުމު ސޮއްސުވާލީ ފެބްރުއަރީ 7، 2012 ގައި ރޯމާދުވާލު ހިންގި ބަގާވާތް،" ޑިމޮކްރެޓްސް އިން ބަޔާން ނިންމާލާފައިވަނީ އަބަދުމެ އެކަން ކުށްވެރިކުރާ ކަމަށް ބުނާ ބުނުން ތަކުރާރު ކުރަމުންނެވެ.

ބަގާވާތާ ގުޅިގެން ނަޝީދު މިއަދު ޕޯސްޓެއް ކުރައްވާފައެއް ނުވެ އެވެ. އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތް ނަމަވެސް މި ފަހުން އެމަނިކުފާނު ވަނީ ސިޔާސީ ކަންކަމުން މިވަގުތަށް ފެޔަށް ޖެހިވަޑައިގެން ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު މިހާރު ދިރިއުޅުއްވަނީ ގާނާ ގަ އެވެ.