Advertisement

ބިދޭސީ މީހާ ބޮލުގައި ސައިކަލަކުން ޖެހުނުކަން ހާމަވީ ފުލުހުންގެ ސީސީޓީވީ ފުޓޭޖް ލީކުވުމުން

4 ފެބުރުވަރީ 2025 - 18:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުލުހުންގެ ސީސީޓީވީއެއް: ބިދޭސީ މީހާ ބޮލުގައި ސައިކަލަކުން ޖެހުނުކަން ހާމަވީ ފުލުހުންގެ ސީސީޓީވީ ފުޓޭޖް ލީކުވުމުން


ބިދޭސީ މީހާ ބޮލުގައި ސައިކަލަކުން ޖެހުނުކަން ހާމަވީ ފުލުހުންގެ ސީސީޓީވީ ފުޓޭޖް ލީކުވުމުން

4 ފެބުރުވަރީ 2025 - 18:35 0

ސިނަމާލެ ހައިވޭގައި މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން މަރުވި ބިދޭސީ މީހާގެ ބޮލުގައި ފަހަތުން އައި ސައިކަލުން ޖެހުނުކަން ހާމަވީ ސިނަމާލެ ހައިވޭގައި ހުރި ފުލުހުންގެ ސީސީޓީވީ ފުޓޭޖް ލީކުވުމާ ގުޅިގެންނެވެ.

މީޑިއާތަކަށް މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ބިދޭސީ މީހާ އެކްސިޑެންޓުވެ މަރުވީ ސޯލާ ޕެނަލްތަކުގެ މަސައްކަތް ކުރަން އުޅުނު މީހުން، މަސައްކަތް ކުރަމުންދާކަން އަންގައި ދިނުމަށް ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ކަމަށެވެ.

ނަމަވެސް އެ ބިދޭސީ މީހާ ކޯނުގައި ޖެހި ވެއްޓިފައި އޮއްވާ، އޭނާ ބޮލުގައި ފަހަތުން އައި ސަކަލުން ޖެހުނުކަން ފުލުހުން އޭރު ހާމަނުކުރެ އެވެ. އެކަން ފުލުހުން މިއަދު ހާމަކުރީ ފުލުހުންގެ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ރޭ ދައުރުވާން ފެށުމުންނެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލުކޮށް، އޭނާގެ ލައިސަންސް ހިފެހެއްޓުމުގެ އިތުރުން ދުއްވި ސައިކަލު ވެސް ޓޯކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެކަމަކު ހައިވޭގައި ހުރި ފުލުހުންގެ ސީސީޓީވީ ފުޓޭޖް ލީކުވުމާ ގުޅިގެން ސުވާލު ކުރުމުން މިހާތަނަށް އެކަމާ ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ފުލުހުންގެ ސީސީޓީވީ ފުޓޭޖް މިދިޔަ ޖެނުއަރީ 3، ގައި ލިބުނު މައްސަލައެއް ފެންމަތިވި އެވެ.

އެފަހަރު ފުލުހުންގެ ސީސީޓީވީ ފުޓޭޖް ޕީއެންސީގެ އެކްޓިވިސްޓުންނަށް ލިބުނު ގޮތާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ފުލުހުންގެ ސީސީޓީވީ ފުޓޭޖް ލީކްވާ މައްސަލައާ ގުޅިގެން އާންމުން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.