Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަމުން ތިމަރަފުށި ބަލިކުރިއިރު، އިސްދޫން ވެސް ފެށީ މޮޅަކުން

4 ފެބުރުވަރީ 2025 - 09:38 0

އަތޫފް އާތިފް

އަތޫފް އާތިފް

ގަމު ޓީމުގެ އަޖޭ ލަނޑު ޖެހުމަަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަމުން ތިމަރަފުށި ބަލިކުރިއިރު، އިސްދޫން ވެސް ފެށީ މޮޅަކުން

4 ފެބުރުވަރީ 2025 - 09:38 0

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހައެއްގައި ލ. އަތޮޅު ޗެމްޕިއަން، އިސްދޫ އާއި ލ. އަތޮޅު ރަނަރަޕް ލ. ގަން ކުޅުނު މެޗު ކާމިޔާބުކޮށް މޮޅަކުން ޒޯން ބުރު ފަށައިފި އެވެ.

ޒޯން ހައެއްގެ ފުރަތަމަ މެޗުގައި، ގަމުން 1-0 އިން ތިމަރަފުށި ބަލިކުރިއިރު، އިސްދޫ އިން ތ. އަތޮޅު ރަނަރަޕް ހިރިލަންދޫ ބަލިކުރީ 5-3 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ 14 ވަނަ މިނިޓުގައި އިސްދޫ އަށް ލީޑު ނަގައިދިނީ ކެޕްޓަން އަހުމަދު އަފްސަމް ޖެހި ގޯލުންނެވެ. އަދި އޭގެ މިނިޓެއް ފަހުން އިސްދޫގެ ހުސެއިން އަފްހާން ވަނީ ގޯލު ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނިޓުގައި އިސްދޫ އިން ވަނީ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ލޫތު އަހުމަދު ފަތުހީ އެވެ.

އެކަމަކު، އޭގެ މިނިޓެއް ފަހުން ހިރިލަންދޫގެ މުހައްމަދު ސަމްހާން ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު ދެ ވަނަ ހާފުގެ 11 ވަނަ މިނިޓުގައި އިސްދޫގެ އަލީ ހުމޭޒު ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

މެޗުގެ 35 ވަނަ މިނިޓުގައި ހިރިލަންދޫގެ މުހައްމަދު ނިޝާހް ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން ހުމޭޒު ވަނީ އިސްދޫގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ. ހިރިލަންދޫގެ ތިން ވަނަ ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު މުފީދު އެވެ.

މި ޒޯނުގައި ގަމުން ތ. ތިމަރަފުށި ބަލިކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ގަމަށް ޖަހާދިނީ އަހުމަދު އަޖުވަދު އެވެ. މިދިޔަަ އަހަރު މި ޒޯނުގެ ޗެމްޕިއަންކަން ގަމުން ހޯދީ ފައިނަލުގައި ތިމަރަފުށި ބަލިކޮށްފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް (ފެބްރުއަރީ 4)

20:00: ޒޯން 1: ދިއްދޫ - ނޭކުރެންދޫ

20:00: ޒޯން 1: ނައިވާދޫ - ވަށަފަރު

21:00: ޒޯން 3: ކުރެންދޫ - އޭދަފުށި

21:00: ޒޯން 3: މާފުށި - ކާށިދޫ

22:00: ޒޯން 8: ހުޅުމާލެ - ވިލިމާލެ

22:00: ޒޯން 8: މާފަންނު - މައްޗަންގޯޅި