29 ޖަނަވަރީ 2025 - 17:09 0
ލީވާން އަލީ ނާސިރު
29 ޖަނަވަރީ 2025 - 17:09 0
ސިންގާގެ މާސިންގާ ރޯދަ ސޭލްގެ ދަށުން ވިއްކާ އުފެއްދުންތަކުން 70 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދޭން ފަށައިފި އެވެ.
ސިންގާ އިން ބުނީ ޑިސްކައުންޓް ލިބޭ އުފެއްދުންތަކުގެ ތެރޭގައި ފަރުނީޗަރާއި ބަދިގެއަށް ބޭނުންވާ ސާމާނުތަކުގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނެ އެވެ.
ސިންގާގެ ދެ ފިހާރައެއް މާލޭގައި ހުންނައިރު، ކުޅުދުއްފުށި ސިޓީގައި ސިންގާ ހޯމްސްގެ ނަމުގައި ފިހާރައެއް ހުރެ އެވެ. އެ ހުރިހާ ފިހާރަތަކުން ވެސް މާސިންގާ ރޯދަ ސޭލްގެ ޑިސްކައުންޓްތައް ލިބެ އެވެ.
އެ ފިހާރައިން އިން ވިޔަފާރި ކުރާ މީހުންނަށް މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) ގެ އުޖާލާ، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އީޒީ ޕޭ، އެމްއެފްސީއެލް ފްލެކްސް ޕޭއި އަދި ޕޮލްކޯ މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.
އެ ފިހާރަ އިން ވިޔަފާރި ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޕްރޮޑަކްޓަކާއި ބެހޭ މައުލޫމާތު ވެބްސައިޓުން ބަލާލައި، ވަގުތުން އޯޑަރު ވެސް ކުރެވެ އެވެ.
ސިންގާއިން އަންނަނީ ސޯފާ، ބަދިގެ ކާ މޭޒާއި ގޮނޑި، ބެޑްރޫމް ސެޓްގެ އިތުރުން އިތުރު ފަރުނީޗުރުތައް ވިއްކަމުންނެވެ. އެ ފިހާރައިން ވިއްކާ ސޯފާއަކީ ކުދިކުދި ޖާގަތަކަށް ބޭނުން ގޮތަކަށް އަދި ބޭނުން ސައިޒަކަށް ތައްޔާރު ކޮށްލެވޭ ސޯފާއެކެވެ.
މީގެ އިތުރުން ސިންގާއިން އަންނަނީ ސެމްސަންގް، ސޮނީ، ފިލިޕްސް، ޕެނެސޮނިކް، އެލްޖީ، ހިޓާޗީ، ޕްރެސްޓިޖް ބީކޯ، ކެންވުޑް އަދި އިތުރު ބްރޭންޑުތަކުގެ އިލެކްޓްރޯނިކްސް ވިއްކަމުންނެވެ.
Comment