Advertisement

ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ފަސް މީހަކު އަތުލައިގެންފި

28 ޖަނަވަރީ 2025 - 13:45 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ފަސް މީހުން -- ފޮޓޯ: އިމިގްރޭޝަން


ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ފަސް މީހަކު އަތުލައިގެންފި

28 ޖަނަވަރީ 2025 - 13:45 0

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ފަސް މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ހަށި ވިއްކި ވިއެޓްނާމުގެ ހަތަރު އަންހެނުންނާއި އެމީހުންގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ފިރިހެނެއް ކަމަށެވެ.

އެ ފަސް މީހުންގެ ތެރެއިން އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރި ފިރިހެން މީހާ އާއި ތިން އަންހެނުން ރާއްޖޭގައި އުޅެމުންދިޔައީ ވޯކް ވިސާގައި ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އަދި އެމީހުންގެ ތެރެއިން އެއް އަންހަކު މިހާރު ޑީޕޯޓު ކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ދެން ތިބި މީހުން ވެސް ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ މީހުން އަތުލައިގަތީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.