Advertisement

ބޮޑު ކާރިސާއެއް ހިނގުމުގެ ކުރިން ހިޔާ ޓަވަރެއްގެ 25 ވަނަ ފަންގިފިލާގައި ރޯވި އަލިފާން އާންމުން ނިއްވާލައިފި

22 ޖަނަވަރީ 2025 - 11:48 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހިޔާ ޓަވަރު 2 ގެ 25 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގުން: އާންމުން ވަނީ އަލިފާން ނިއްވާލާފައި -- ފޮޓޯ: އަދަދު


ބޮޑު ކާރިސާއެއް ހިނގުމުގެ ކުރިން ހިޔާ ޓަވަރެއްގެ 25 ވަނަ ފަންގިފިލާގައި ރޯވި އަލިފާން އާންމުން ނިއްވާލައިފި

22 ޖަނަވަރީ 2025 - 11:48 3

ބޮޑު ކާރިސާއެއް ހިނގުމުގެ ކުރިން ހުޅުމާލެ ހިޔާ ޓަވަރެއްގެ 25 ވަނަ ފަންގިފިލާގައި ރޯވި އަލިފާން އާންމުން ނިއްވާލައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވީ ހިޔާ ޓަވަރު 2 ގެ އެޕާޓްމެންޓެއްގައި ހުރި ދޮންނަ މެޝިނެއްގައި ކަމަށާއި އެތަނަށް ސިފައިން އެޓެންޑުވިއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އަލިފާން ނިއްވާލީ ހިޔާގައި ހުރި އަލިފާން ނިއްވާ ތަކެތި ބޭނުން ކޮށްގެން އެކި ފްލެޓްތަކުގައި ދިރިއުޅޭ އާންމުންނެވެ.

"އާންމުން ވެގެން ހިޔާ ޓަވަރުގައި ހުރި އަލިފާން ނިއްވާ ތަކެތި ބޭނުން ކޮށްގެން އަލިފާން ނިއްވާލީ. ދޮންނަ މެޝިނެއްގައި އަލިފާން ރޯވީ،" އެކަން އެނގޭ މީހާ މި ނޫހަށް ބުންޏެވެ.

މިއީ ހިޔާ ޓަވަރެއްގެ 25 ވަނަ ފަންގިފިލާގައި މިފަދަ އަލިފާނުގެ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ކަމަށްވާއިރު، މަދުން ނަމަވެސް ހިޔާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގަ އެވެ.