Advertisement

މިފްކޯއިން ބުނީ ގޭބިސީތަކަށް ހިލޭ ބަހާނީ 180 ގްރާމުގެ މަސްދަޅު ކަމަށް

19 ޖަނަވަރީ 2025 - 13:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މިފްކޯއިން ވިއްކާ މަސްދަޅު: މިފްކޯއިން ބުނީ ހިލޭ ގޭބިސީތަކަށް ބަހާނީ 180 ގްރާމުގެ މަސްދަޅު ކަމަށް -- ފޮޓޯ: އިސްމާއިލް އިމްދާދު / އަދަދު


މިފްކޯއިން ބުނީ ގޭބިސީތަކަށް ހިލޭ ބަހާނީ 180 ގްރާމުގެ މަސްދަޅު ކަމަށް

19 ޖަނަވަރީ 2025 - 13:22 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރޯދަ މަހު ގޭބިސީތަކަށް ހިލޭ ބަހާނީ 180 ގްރާމުގެ 48 ދަޅުގެ މަސްދަޅު ކޭސް ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން ބުނީ 140 ގްރާމުގެ މަސްދަޅު އަލަށް ބާޒާރަށް ނެރުނު ނަމަވެސް، ރޯދައަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމު އުނި ނުވާނެ ކަމަށެވެ.

ރޯދައަށް ގޭބިސީތަކަށް ހިލޭ ބަހާނީ 140 ގްރާމުގެ މަސްދަޅު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް މިފްކޯއިން ދޮގު ކުރެ އެވެ.

"ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުންޏެއް ނުވާނެ. ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް،" މިފްކޯއިން ބުންޏެވެ.

މީގެއިތުރން މިފްކޯއިން ބުނީ 140 ގްރާމުގެ މަސްދަޅު ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަމާޒުކޮށް އެއްފަހަރު ބޭނުން ކުރެވޭ އެއްޗެއް ގޮތުގައި ކަމަށާއި އެއީ މަސްދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށެވެ.

މިފްކޯއިން މަސްދަޅު ވިއްކަމުންދާ އަގުތައް:

  • 140 ގްރާމުގެ މަސްދަޅެއް: 15ރ.
  • 140 ގްރާމުގެ 48 ދަޅުގެ މަސްދަޅު ކޭހެއް: 700ރ.
  • 180 ގްރާމުގެ މަސްދަޅެއް: 17.50ރ.
  • 180 ގްރާމުގެ 48 ދަޅުގެ މަސްދަޅު ކޭހެއް: 760ރ.

މިފްކޯއިން މިހާރު ވިއްކަމުންދަނީ 140 ގްރާމުގެ މަސްދަޅާއި 180 ގްރާމުގެ މަސްދަޅު އެކަންޏެވެ.