18 ޖަނަވަރީ 2025 - 19:24 0
ތިމަރަފުށި ޓީމުގެ އަފްލާޒު ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ
18 ޖަނަވަރީ 2025 - 19:24 0
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ތ. ތިމަރަފުށިން މި ފަަހަރުގެ މުބާރާތުގައި ކުޅުނު ތިން ވަނަ މެޗުން ތ. ވިލުފުށި އަތުން 6-0 އިން މޮޅުވެ، އަތޮޅު ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ތ. އަތޮޅުގެ ގްރޫޕް އޭގެ އެއް ވަނައިގައި ތިމަރަފުށި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދި ވިލުފުށްޓެވެ. އަދި ތިން ވަނައިގައި އޮތީ، މިއަދު 6-1 އިން ދިޔަމިގިލި ބަލިކުރި އޮމަދޫ އެވެ. އެ ޓީމަށް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ކިނބިދޫ އަށް ވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ދިޔަމިގިއްޔަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ތިމަރަފުށީ ޓީމަށް މިއަދުގެ މެޗުގައި ގޯލުތައް ޖަހައިދިނީ، އަލީ ސަޖަން ދެ ގޯލުގެ އިތުރުން، އަހުމަދު އަފްލާޒް، އިބްރާހިމް އަސްވަދު (ގަބޭ)، އާދަމް ނާސިހު (އާދަންނާ)، އިސްމާއިލް މުނީޒް، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.
އޮމަދޫ ޓީމަށް މިއަދުގެ މެޗުގައި ގޯލުތައް ޖަހައިިދިނީ، މުހައްމަދު ނަޝްވާން ހަތަރު ގޯލާއި ހަސަން ކިއާން ސިނާން އަދި މުހައްމަދު ނާބިތު ހުސެއިން ގޯލެކެވެ. އަދި ދިޔަމިގިލީގެ ލަނޑު ޖެހީ، ޝުއާން މުހައްމަދު އެވެ.
ތ. އަތޮޅު ގްރޫޕް ބީގައި ހިރިލަންދޫން ގްރޫޕް ނިންމާލީ ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާ އެކު އެވެ. ހިރިލަންދޫން މިއަދު ވަނީ 4-2 އިން ކަނޑޫދޫ ބަލިކޮށްފަ އެވެ. ގްރޫޕްގެ ދެ ވަަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓް ލިބުނު ބުރުނި އެވެ. ތިން ވަނައިގައި އޮތީ މިއަދު 2-0 އިން ގާދިއްފުށި ބަލިކުރި ވޭމަންޑޫ އެެވެ. ވޭމަންޑޫ އާއި ގާދިއްފުށްޓަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ފުލުގައި އޮތް ކަނޑޫދޫ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ހިރިލަންދޫ އަށް މިއަދުގެ މެޗުތަކުގައި ލަނޑުތައް ޖަހައިދިނީ، އަހުމަދު މުފީދު، މުހައްމަަދު މިންވާލް، މުހައްމަދު ނިޝާހު އަދި މުހައްމަދު ޝާން އެވެ. ކަނޑޫދޫގެ ލަނޑުތައް ޖެހީ މުހައްމަދު ޒިދާން އީސާ އާއި މުހައްމަދު ޒިދާން އީސާ އެވެ.
20:00: ގއ. ދާންދޫ - ގއ. ގެމަނަފުށި
20:00: ގއ. ނިލަންދޫ - ގއ. ކަނޑުހުޅުދޫ
21:00: ގއ. ކޮލަމާފުށި - ގއ. ވިލިނގިލި
21:00: ގއ. ދެއްވަދޫ - ގއ. މާމެންދޫ
22:00: ރ. މަޑުއްވަރީ - ރ. ރަސްގެތީމު
22:00: ރ. ދުވާފަރު - ރ. މީދޫ
23:00: ލ. ގަން - ލ. މާބައިދޫ
23:00: ލ. ކަލައިދޫ - ލ. އިސްދޫ
Comment