18 ޖަނަވަރީ 2025 - 17:04 0
ލީވާން އަލީ ނާސިރު
އިރާނުގެ ސުޕްރީމް ކޯޓު: އެ ކޯޓުގެ ދެ ފަނޑިޔާރުން ގަޔަށް ބަޑި ޖަހައި ވަނީ މަރާލައިފައި
18 ޖަނަވަރީ 2025 - 17:04 0
އިރާނުގެ ވެރި ރަށް ތެހެރާނުގައި ހުންނަ އެ ގައުމުގެ ސުޕްރީމް ކޯޓުގެ ބޭރުގައި އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ ގަޔަށް ބަޑި ޖަހައި މިއަދު މަރާލައިފި އެވެ.
އިރާނުގެ މިޒާން ނިއުސް އިން ބުނީ ބަޑިން ހަމަލާދިން މީހާ ވަނީ ދެ ފަނޑިޔާރުން ގަޔަށް ބަޑި ޖެހުމަށްފަހު، އަމިއްލައަށް މަރުވެފައި ކަމަށެވެ.
މަރާލައިފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ މުހައްމަދު މޮގީސޭހް އަދި އަލީ ރަޒީނީ އެވެ.
ބަޑީގެ ހަމަލާގައި ދެ ފަނޑިޔާރުންގެ އިތުރުން ބޮޑީގާޑަކަށް ވެސް ހަމަލާ އަމާޒުވި އެވެ. ބޮޑީގާޑަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ސުޕްރީމް ކޯޓުގެ އެ ދެ ފަނޑިޔާރުން މަރާލަން ޖެހުނު ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ބަޑީގެ ހަމަލާގެ މައްސަލައިގެ ތަހުގީގު އިރާނުގެ ސަލާމަތީ ބާރުތަކުން ފަށާފައިވާއިރު، މިހާތަނަށް އެކަމާ ގުޅޭ އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
Comment