Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖު: ހިރިލަންދޫ އާއި ވިލުފުށި އަދި ބުރުނި ދެ ވަނަ މޮޅު ހޯދައި ފުރުސަތު ބޮޑުކޮށްފި

11 ޖަނަވަރީ 2025 - 09:17 0

ހިރިލަންދޫގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖު: ހިރިލަންދޫ އާއި ވިލުފުށި އަދި ބުރުނި ދެ ވަނަ މޮޅު ހޯދައި ފުރުސަތު ބޮޑުކޮށްފި

11 ޖަނަވަރީ 2025 - 09:17 0

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ތ. އަތޮޅުގައި، ރޭ ހިރިލަންދޫ އާއި ވިލުފުށި އަދި ބުރުނިން މި ފަަހަރުގެ މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުތަކުން ވެސް މޮޅުވެ، ސެމީ ފައިނަލުގެ ފުރުސަތު ބޮޑުުކޮށްފި އެވެ.

ޖުމްލަ އެކު، 10 ޓީމު ވާދަކުރާ ތ. އަތޮޅު ބުރުގެ ގްރޫޕް އޭގައި ވިލުފުށިން މޮޅުވީ، ފުރަތަަމަ މެޗަކަށް ނުކުތް، ދިޔަމިގިލި އަތުން 2-1 އިން މޮޅުވެގެންނެވެ. އަތޮޅު ފައިނަލުގައި މިދިޔަ އަހަރުތަކުގައި ވާދަކުރި އޮމަދޫ އާއި ކިނބިދޫގެ މެޗު ނިމިގެންދިޔައީ، 2-2 އިންނެވެ. އޮމަދޫ އާއި ކިނބިދޫ ފުރަތަަމަ ދެ މެޗު ނިމުނުއިރު، ލިބުނީ އެއް ޕޮއިންޓެވެ. ވިލުފުށިން ވަނީ މިހާރު ވެސް ހަ ޕޮއިންޓް ހޯދައިފަ އެވެ.

ގްރޫޕް ބީގައި ރޭ ބުރުނިން ވަނީ ވޭމަންޑޫ 4-1 އިން ބަލިކޮށްފަ އވެެ. އަދި ފުރަތަމަ މެޗަކަށް ނުކުތް ގާދިއްފުށި އަތުން، ހިރިލަންދޫ މޮޅުވީ 6-0 އިންނެވެ.

ރޭ ވިލުފުށިން މޮޅުވި މެޗުގައި، ދިޔަމިގިލި ކޮޅަށް އެ ޓީމުގެ ލަނޑުތައް ޖެހީ ސަލްމާން ސަދީފް އާއި ޒަކަރިއްޔާ ޒަހޫރު އިސްމާއީލް އެވެ. ދިޔަމިގިލީގެ ހަމައެކަނި ގޯލު ޖެހީ އަލީ އިހުސާން އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ކިނބިދޫ އާއި އޮމަދޫގެ މެޗުގައި ކިނބިދޫގެ ލަނޑުތައް ޖެހީ، އަބްދުﷲ ސަމީހު އާއި އޮމަދޫގެ އަހުމަދު ނިޝާހު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގައި އޮމަދޫ އަށް ލަނޑުތައް ޖަހައިިދިނީ، މުހައްމަދު އަލާއު އާއި މުހައްމަދު ނާބިތު ހުސައިން (ބިއްޓެ) އެވެ.

ހިރިލަންދޫން ރޭ ގާދިއްފުށި ބަލިކުރި މެޗުގައި މުހައްމަދު ނިޝާހް ހެޓްރިކް ހެދި އެވެ. ހިރިލަންދޫގެ އަނެއް ލަނޑުތައް ޖެހީ، އަބްދުﷲ އިޝާން ދެ ގޯލުގެ އިތުރުން މުހައްމަދު ޝަމްހާން ގޯލެކެވެ.

ރޭ ވޭމަންޑޫ ކޮޅަށް ބުރުނީގެ މުހައްމަދު ޝާމް ވަނީ ހެޓްރިކެއް ހަދައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ބުރުނީގެ އަނެއް ގޯލު ޖެހީ ހުސައިން މަމްދޫހު އަހުމަދް އެވެ. މެޗުގައި، ވޭމަންޑޫގެ ހަމައެކަނި ގޯލު ޖެހީ ހަމްދޫން އަހުމަދު އެވެ.

މިއަދާއި މިރޭ ކުޅޭ މެޗުތައް:

16:00: އއ. ތޮއްޑޫ - އއ. ހިމަންދޫ

16:00: އއ. އުކުޅަސް - އއ. މަތިވެރި

17:00: އއ. ފެރިދޫ - އއ. ރަސްދޫ

17:00: އއ. މާޅޮސް - އއ. ބޮޑުފޮޅުދޫ

-------------------------------------

20:00: މ. ކޮޅުފުށި - މ. މުލި

20:00: -

21:00: ސ. ފޭދޫ - ސ. މަރަދޫފޭދޫ

21:00: ސ. ހިތަދޫ - ސ. މަރަދޫ

22:00: ފ. ނިލަންދޫ - ފ. ދަރަނބޫދޫ

22:00: ފ. ބިލެއްދޫ - ފ. މަގޫދޫ

23:00: ގދ. ތިނަދޫ - ގދ. މަޑަވެލި

23:00: ގދ. ފިޔޯރީ - ގދ. ވާދޫ