Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: އިނގުރައިދޫ އަށް ފަސޭހަ މޮޅެއް، މަޑުއްވަރި އާއި އަލިފުށި އެއްވަރު

11 ޖަނަވަރީ 2025 - 08:59 0

އަތޫފް އާތިފް

އަތޫފް އާތިފް


ގޯލްޑަން ފުޓްސަލް ޗެލެންޖް: އިނގުރައިދޫ އަށް ފަސޭހަ މޮޅެއް، މަޑުއްވަރި އާއި އަލިފުށި އެއްވަރު

11 ޖަނަވަރީ 2025 - 08:59 0

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ރ. އަތޮޅުގެ ފުރަތަމަ މެޗު އިނގުރައިދޫ އިން ފަސޭހަކަމާ އެކު ކާމިޔާބުކުރިއިރު, އަލިފުށި އާއި މަޑުއްވަރީގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ އެވެ.

ރ. އަތޮޅުގެ ޗެމްޕިއަންކަން 2023 ވަނަ އަހަރު ހޯދި އިނގުރައިދޫ އިން މިދިޔަ އަހަރުގެ ގޯލްޑެން ފުޓްސަލް މުބާރާތް ކުޅުނީ ކެޕްޓަން އަލީ ހާފިޒު (ހާއްޕެ) ނުލަ އެވެ. އަނިޔާގެ ސަބަބުން ހާއްޕެ އަށް މިދިޔަ އަހަރުގެ މުބާރާތް ނުކުޅެވުނު ނަމަވެސް މި އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އޭނާ ވަނީ ކުޅެފަ އެވެ.

މީދޫގެ މައްޗަށް އިނގުރައިދޫ އިން ކުރިހޯދީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާ އަކުންނެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި އިނގުރައިދޫ އަށް ލީޑު ނަގާދިނީ ހާއްޕެ ޖެހި ގޯލުންނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ހާއްޕެ ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްދީފަ އެވެ.

އިނގުރައިދޫގެ ތިން ވަނަ ގޯލު މެޗުގެ ނުވަވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ މުހައްމަދު މަމްދޫހް އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަހުމަދު އައިހަމް (އައިހު) ވަނީ އިނގުރައިދޫގެ ހަތަރު ވަނަ ގޯލު ޖަހާފަ އެވެ. އިނގުރައިދޫގެ ފަހު ގޯލު އެ ޓީމަށް ޖަހާދިނީ މަމްދޫހް އެވެ.

މި އަތޮޅުގައި މަޑުއްވަރި އާއި އަލިފުށި ބައްދަލުކުރި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ހަތްވަނަ މިނެޓުގައި މަޑުއްވަރި އަށް ލީޑު ނަގާދިނީ އަހުމަދު ނާހީ ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުސެއިން އިރުފާހް ވަނީ ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން އަލިފުށީގެ އަހުމަދު ހުސާމް ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ހުސާމް ވަނީ އިތުރު ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން އިރުފާހް ވަނީ އަލުން މަޑުއްވަރި އަށް ލީޑު ނަގާދީފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ގޯލު މެޗުގެ ފަހު ސިކުންތުކޮޅު އަލިފުއްޓަށް ޖަހައިދީ ހުސާމް ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ރ. އަތޮޅުން މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ހަ ޓީމެވެ. އެ ހަ ޓީމު ވަނީ ދެ ގްރޫޕަށް ބަހާލައިފަ އެވެ.

މިއަދާއި މިރޭ ކުޅޭ މެޗުތައް:

16:00: އއ. ތޮއްޑޫ - އއ. ހިމަންދޫ

16:00: އއ. އުކުޅަސް - އއ. މަތިވެރި

17:00: އއ. ފެރިދޫ - އއ. ރަސްދޫ

17:00: އއ. މާޅޮސް - އއ. ބޮޑުފޮޅުދޫ

-------------------------------------

20:00: މ. ކޮޅުފުށި - މ. މުލި

20:00: -

21:00: ސ. ފޭދޫ - ސ. މަރަދޫފޭދޫ

21:00: ސ. ހިތަދޫ - ސ. މަރަދޫ

22:00: ފ. ނިލަންދޫ - ފ. ދަރަނބޫދޫ

22:00: ފ. ބިލެއްދޫ - ފ. މަގޫދޫ

23:00: ގދ. ތިނަދޫ - ގދ. މަޑަވެލި

23:00: ގދ. ފިޔޯރީ - ގދ. ވާދޫ