10 ޖަނަވަރީ 2025 - 22:42 0
ލީވާން އަލީ ނާސިރު
10 ޖަނަވަރީ 2025 - 22:42 0
ރާއްޖޭގައި ޓެކްސީ ހިދުމަތް ދެމުންދާ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އަވަސް ރައިޑުން "އަވަސް އެޕް" ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް މިރޭ ތައާރަފް ކޮށްފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ ހަފްލާއެއްގައި އެ އެޕް ލޯންޗު ކޮށްދެއްވީ އިވެންޓުގެ ޝަރަފުވެރިކޮށް ދެއްވި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު އެވެ. އެޕް ލޯންޗު ކުރުމަށް ފަހު ސެންޓްރަލް ޕާކުގައި ހަވާ އެރުވުން ވެސް ކުރިއަށް ގެންދިޔަ އެވެ.
މިރޭގެ އިވެންޓުގައި ބައިވެރިވި މީހުންގެ ތެރެއިން، އަވަސް އެޕް ފޯނަށް ޑައުންލޯޑުކޮށް އެކްޓިވްކުރި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށް ޕީއެސް 5 އެއް ދިނެވެ.
އެޕް ލޯންޗު ކުރުމުގެ ކުރިން މިއަދު ހަވީރު އަވަސް އެޕް ލޯންޗު ކުރުމާ ދިމާކޮށް ކުޑަ ކުދިންގެ ހަވީރެއް ވެސް އަވަސް ރައިޑުން ވަނީ ސެންޓްރަލް ޕާކުގައި ބާއްވާފަ އެވެ.
ގިނަ ބަޔަކު ބައިވެރިވި ކުޑަކުދިންގެ ހަވީރުގައި ރޮބޯމޭންގެ ހާއްސަ ޝޯއަކާއި އެކި އުމުރުފުރާތަކަށް ހާއްސަ ކުޅިވަރުތައް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރު ނެގުމަށްފަހު ނަސީބުވެރިޔަކަށް ޕްލޭސްޓޭޝަން 5 އެއް ހަދިޔާއަކަށް ވަނީ ދީފަ އެވެ.
އަވަސް ރައިޑްގެ ހިދުމަތް 2019 ގައި މާލެ ސިޓީގައި ފެށިއިރު، އެ ހިދުމަތް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުން ވެސް ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ.
އެގޮތުން މިހާރު ވެސް 3،000 ވެހިކަލް އަވަސް އެޕް ބޭނުންކުރެ އެވެ. ދަތުރުފަތުރުގެ ސިނާއަތް އާ އިންގިލާބެއް ގެނައުމަށް މަސައްކަތް ކުރަމުންދަނީ ދިވެހި ޒުވާން ޓީމަކުންނެވެ.
Comment