Advertisement

ގޯލްޑަން ފުޓްސަލް ރެފްރީސް އެކަޑަމީ އިފްތިތާހުކޮށްފި

5 ޑިސެންބަރު 2024 - 14:20 0

އަތޫފް އާތިފް

އަތޫފް އާތިފް


ގޯލްޑަން ފުޓްސަލް ރެފްރީސް އެކަޑަމީ އިފްތިތާހުކޮށްފި

5 ޑިސެންބަރު 2024 - 14:20 0

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން, ގޯލްޑަން ފުޓްސަލް ރެފްރީސް އެކަޑަމީ އުފައްދައި އިފްތިތާހުކޮށްފި އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ދަށުން ފުޓްސަލް ރެފްރީސް އެކަޑަމީއެއް އުފެއްދީ ރާއްޖޭގައި ފުޓްސަލް ރެފްރީކަން ކުރައްވާ ގިނަ ސީނިއާ ރެފްރީންތަކަކާއެކު ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރުމަށްފަހުގަ އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނީ, ރެފްރީ އެކަޑަމީ އެއް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ, ރެފްރީންގެ ފެންވަރު މަތިކޮށް ރެފްރީންގެ ކުރިއެރުމަށް, ކުރަން ޖެހޭ ބައެއް މަސައްކަތް ކުރެވޭނީ މިފަދަ ޕްލެޓްފޯމެއްގެ ދަށުން ކަމުގައި ގަބޫލުކުރާތީ ކަމަށެވެ. އަދި ރެފްރީ އެކަޑަމީ ހިންގުމުގެ މަސައްކަތް ކުރާނީ ރާއްޖޭގައި ތިބި ފުޓްސަލްގެ ސީނިއާ ރެފްރީން ކަމަށެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ރައީސް ރިލްވާން މޫސާ ވިދާޅުވީ, މީގެ މައިގަނޑު މަގުސަދަކީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ބައިވެރިވެގެން ރެފްރީން އަށް އިތުރު ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމާއި, ފުޓްސަލް ރެފްރީންގެ ފެންވަރު އިތުރަށް މަތި ކުރުން ކަމަށެވެ. އަދި މި އެކަޑަމީގެ ދަށުން ފުޓްސަލް ރެފްރީކަން ކުރުމަށް އިތުރު ރެފްރީން އުފެއްދުން އެއީ މި އެކަޑަމީގެ ބޮޑު މަގުސަދެއް ކަމަށް ރިލްވާން ވިދާޅުވި އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން, ގޯލްޑަން ފުޓްސަލް ރެފްރީސް އެކަޑަމީ އިފްތިތާހުކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ - ފޮޓޯ: އަދަދު


"މީގެ އެންމެ ބޮޑު މަގުސަދަކީ އެފްއޭއެމްއާ ގުޅިގެން ރެފްރީންގެ ފެންވަރު މަތިކުރުން. ދެން މީގެ އިތުރުން ރެފްރީންއަށް އިތުރު ފުރުސަތުތައް ހޯދައިދީ, އިތުރު ރެފްރީން މީގެ ތެރެއިން ނެރެދިނުން އެއީ މައިގަނޑު އެއް ސަބަބު މި އެކަޑަމީ އުފެއްދުމުގެ" ރިލްވާން ވިދާޅުވި އެވެ.

އަލީ ސަލީމް (ސައްލެ) ވިދާޅުވީ, ރެފްރީންއަށް އިތުރު ތަމްރީންތަކެއް ލިބުން އެއީ ރާއްޖޭގެ ރެފްރީންއަށް ކުރިއެރުންތަކެއް އަންނާނެ ކަމަށާއި, އެގޮތުން މި އެކަޑަމީގެ ދަށުން ރެފްރީން އަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ފަސޭހަތަކެއް ވާނެ ކަމަށެވެ. މީގެ އިތުރުން ސައްލެ ވިދާޅުވީ, މި އެކަޑަމީގެ ދަށުން ރެފްރީން ކެޓަގަރައިޒް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން "ގޯލްޑަން ފުޓްސަލް ރެފްރީސް އެކަޑަމީ" އުފެއްދިއިރު, މި އެކަޑަމީގެ މަސައްކަތުގައި އަމަލީ ގޮތުން ރާއްޖޭގެ ސީނިއާ ގިނަ ރެފްރީން ޝާމިލުވެ އެވެ.