Advertisement

ތިމާގެ ހަށިގަނޑު ހާމަކޮށްގެން ބައިވެރިވާ ކުޅިވަރަކުން ދީނާއި ގައުމަށް ލިބޭނެ ހަގީގީ ކާމިޔާބެއް ނެތް: ރައީސް

30 އޮކްޓޯބަރު 2024 - 22:45 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ތިމާގެ ހަށިގަނޑު ހާމަކޮށްގެން ބައިވެރިވާ ކުޅިވަރަކުން ދީނާއި ގައުމަށް ލިބޭނެ ހަގީގީ ކާމިޔާބެއް ނެތް: ރައީސް

30 އޮކްޓޯބަރު 2024 - 22:45 0

ތިމާގެ ހަށިގަނޑު ހާމަކޮށްގެން ބައިވެރިވާ ކުޅިވަރަކުން ތިމާއަށް ނުވަތަ ތިމާގެ ގައުމާއި ދިނަށް ލިބޭނެ ހަގީގީ ކާމިޔާބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެއްސަކަށް ލިބި، އެ މުބާރާތުގައި ބައިވެރިވާން މަސައްކަތް ކުރަމުން ދާތީ އެކަން ހުއްޓައިލުމަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ. މިރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

"ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް," ރައީސް ވިދާޅުވި އެވެ.

އެއަށްފަހު އެމަނިކުފާނު ވަނީ ކީރިތި ގުރުއާނުގެ އާޔަތެއް ވެސް ލިޔުއްވާފަ އެވެ. "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެ އެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވި އެވެ." އެ އާޔަތުގެ ދިވެހި ތަރުޖަމާ ވެސް ރައީސް ލިޔުއްވި އެވެ.

ޔޫތު މިނިސްޓަރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އެފަދަ މުބާރާތްތަކުގައި ދިވެހިން ބައިވެރިވުމަކީ މި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރަތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫނެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލު ކުރާ ޝައިނާ ވަނީ ރާއްޖޭގައި 2022 ވަނަ އަހަރު އޮތް ޓޮޕް މޮޑެލް މޯލްޑިވްސް ގެ އެއްވަނަ ހޯދައިފަ އެވެ. އަދި ހަމަ އެ އަހަރު އޮތް މިސްރުގައި ބޭއްވި 29 ވަނަ ވޯލްޑް ޓޮޕް މޮޑެލްގެ ގަދަ 15 ގެ ތެރޭގައި ހިމެނި ފޭސް އެވޯޑު ޝައިނާ ހާސިލު ކުރި އެވެ.