Advertisement

ތޮއްޔިބުގެ ފޯނު 17 ދުވަހަށް ހިފެހެއްޓުމަށްފަހު ދޫކޮށްލައިފި

about 2 hours 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ތައްޔިބު ޝަހީމް


ތޮއްޔިބުގެ ފޯނު 17 ދުވަހަށް ހިފެހެއްޓުމަށްފަހު ދޫކޮށްލައިފި

about 2 hours 0

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމުގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް 17 ދުވަހާއި 11 ގަޑިއިރަށްފަހު އޭނާއާ ހަވާލުކޮށްފި އެވެ.

ތައްޔިބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ފުލުހުންގެ ތަހުގީގަށް އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުންދީފައި ވާނެ ކަމަށާއި ފުލުހުން މަސައްކަތްކޮށްފައި ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަން ވެސް ޕޯސްޓުގައި އޭނާ ފާހަގަކުރި އެވެ.

"ތުހުމަހު ކުރެވުނު މައްސަލައިގެ ތަހުގީގު ޓީމަށް އަހަރެންގެ ފަރާތުން ފުރިހަމަ އެއްބާރު ލުމެއް ދީފައިވާނެ، އަދި ތަހުގީގު ޓީމުން މަސައްކަތް ކޮށްފައިވަނީ ޕްރޮފެޝަނަލްކޮށް އިހުތިރާމާއި އެކުގައިކަން ފާހަގަ ކޮށްލަން،" ތައްޔިބު ޕޯސްޓުގައިވެ އެވެ.

ތައްޔިބުގެ މައްޗަށް ކުރާ ތުހުމަތަކީ ސައްހަ ނޫން ލިޔުމެއް އުފެއްދުމާއި އެ ލިޔުން ފެތުރުމުގެ ކުށެވެ. އެއީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ނަގާފައިވާ ކަމަށް ބުނާ ބަޔާނެއް ލީކުކޮށްލި މައްސަލައިގަ އެވެ.

ތައްޔިބު ބުނީ މިޒަމާނުގައި ދިރިއުޅުމުގެ ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ ފޯނާއި އެހެނިހެން އޮންލައިން އަދި އޮފްލައިން އެޕްލިކޭޝަންތަކަށް ކަމަށެވެ. ނަމަވެސް އެނާގެ ފޯން ހިފެހެއްޓުމުން ދިރިއުޅުމަށް ކުރާ ހުރިހާ ކަމަކާއި ގުޅުންތައް ހުއްޓުމުގެ ސަބަބުން އަގު ނުކުރެވޭ ބޮޑަތި ގެއްލުންތައް އޭނާއަށް ލިބުނުކަމަށެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ތައްޔިބު އޭރު ގެންގުޅުން ސިމް ވެސް ފުލުހުން ކްލޯން ކުރި އެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން ދިރާގުން ފުލުހުންނަށް ފަހިކޮށްދިން ކަމެކެވެ.

ތައްޔިބުގެ ޓްވިޓާ ފޮލޮވަރުންގެ އަދަދު 51,500 އަށްވުރެ އިތުރުއިރު އޭނާ ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް އޭނާ އަދާކުރި އެވެ.