Advertisement

އޫޔޫ ޕްލޭ ސެންޓަރު: ކުޑަކުދިންގެ ފުރަތަމަ އިންޑޯ ޕްލޭ ގްރައުންޑް ހުޅުވައިފި

28 ސެޕްޓެންބަރު 2024 - 19:56 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޫޔޫ ޕްލޭ ސެންޓާ: ކުޑަ ކުދިންނަށް ހާއްސަ މާހައުލެއް ވަނީ ގާއިމު ކޮށްފައި -- ފޮޓޯ: އޫޔޫ


އޫޔޫ ޕްލޭ ސެންޓަރު: ކުޑަކުދިންގެ ފުރަތަމަ އިންޑޯ ޕްލޭ ގްރައުންޑް ހުޅުވައިފި

28 ސެޕްޓެންބަރު 2024 - 19:56 0

ކުޑަ ކުދިންނަށް ހާއްސަ ފުރަތަމަ އިންޑޯ ޕްލޭ ގްރަންޑް "އޫޔޫ ޕްލޭ ސެންޓާ" ހުޅުވައިފި އެވެ.

އުމުރުން ދެ އަހަރާއި 10 އަހަރުގެ ކުދިންނަށް ހާއްސަކޮށްގެން އެ ސެންޓަރު ހުޅުވީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މ. ފުރަންކަރަ ދެ ވަނަ ފަންގިފިލާގަ އެވެ.

އޫޔޫއިން ބުނީ އެ ސެންޓަރުން ކުޑަކުދިންނަށް މަޖާ ގޭމުތަކާއި، މުނިފޫހި ފިލުވޭނެ އެކި އެކްޓިވިޓީސް ކުރިއަށް ގެންދެވޭނެ ރައްކާތެރި މާހައުލެއް ގާއިމު ކޮށްފައިވާނެ ކަމަށެވެ.

އޫޔޫ ޕްލޭ ސެންޓާ: ކުޑަ ކުދިންނަށް ހާއްސަ މާހައުލެއް ވަނީ ގާއިމު ކޮށްފައި -- ފޮޓޯ: އޫޔޫ


އޭގެ އިތުރުން އެ ސެންޓަރުގައި އާއިލާތަކަށް ހަރަކާތްތައް ބޭއްވުމުގެ އިތުރުން އުފަން ދުވަސް ފާހަގަ ކުރުމުގެ ހަފްލާތައް ބޭއްވޭނެ ކަމަށް އޫޔޫއިން ބުންޏެވެ.

އެތަނުން ކުޑަކުދިންނަށް ހާއްސަ އެކި ލުއި ކާނާގެ އިތުރުން ބުއިންތައް ވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

އެ ސެންޓަރު ކޮންމެ ދުވަހަކު ހަވީރު 4:00 އިން 06:00 ޖެހުމާ ހަމައަށް ހުޅުވިފައި ހުންނައިރު، އެ ތަނަށް ޗާޖު ކުރަނީ ގަޑިއިރަކަށް 100ރ. އެވެ.