Advertisement

ހުލާސާކޮށް އިއްޔެ: އަންތަރީސް ވެއްޖެ! ރައީސް ވިދާޅުވީ އިންޑިއާއާ ދެކޮޅު އެޖެންޑާއެއް ދުވަހަކު ވެސް ނުގެންގުޅުއްވާ ކަމަށް

27 ސެޕްޓެންބަރު 2024 - 06:31 0


ހުލާސާކޮށް އިއްޔެ: އަންތަރީސް ވެއްޖެ! ރައީސް ވިދާޅުވީ އިންޑިއާއާ ދެކޮޅު އެޖެންޑާއެއް ދުވަހަކު ވެސް ނުގެންގުޅުއްވާ ކަމަށް

27 ސެޕްޓެންބަރު 2024 - 06:31 0

އިންޑިއާއާ ދެކޮޅު އެޖެންޑާއެއް އެމަނިކުފާނު ދުވަހަކު ވެސް ގެންގުޅުއްވާފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ރިޕޯޓުކުރި އެވެ.

އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ޑީންސް ލީޑާޝިޕް ސީރީޒްގައި މެހެމާނެއްގެ ގޮތުގައި މިރޭ އެ ޔުނިވާސިޓީއަށް ވަޑައިގަތުމުން ކުރިމަތި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއް އިރެއްގައި ވެސް "އިންޑިއާ އައުޓް" ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. ވިދާޅުވީ އަބަދުވެސް މައްސަލައަކަށް ވެފައި އޮތީ އިންޑިއާގެ މިލިޓަރީ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ގައުމަކާ އެއްވެސް އިރެއްގައި ދެކޮޅެއް ނޫން. އިޓްސް ނޮޓް 'އިންޑިއާ އައުޓް'. ބޭރުގެ މިލިޓަރީ މި ފަސްގަނޑުގައި ތިބުމުގެ ސީރިސް މައްސަލައެއް ރާއްޖެއަށް އޮތީ ކުރިމަތިވެފަ،" ރައީސް ވިދާޅުވި އެވެ. "ބޭރުގެ އެންމެ ސިފައިންގެ މީހަކު ގައުމުގައި ހުރުމަށް ވެސް ދިވެހި ރައްޔިތުން ނޭދޭ."

މުހިއްމު ބައެއް ހަބަރު