Advertisement

އަބްދުއްރަހީމް ފްލެޓު ގަތް މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައިފި، އެކަމަކު ދައުވާ ކުރުމާމެދު އަދި ގޮތެއް ނުނިންމާ

24 ސެޕްޓެންބަރު 2024 - 12:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އަބްދުއްރަހީމް ފްލެޓް ގަތް މައްސަލައިގެ ތަހުގީގު ނިމި، އޭސީސީގައި އޮތީ ތާށިވެފައި -- ފޮޓޯ؛ މިރާޝް ނާޝިމް / އަދަދު


އަބްދުއްރަހީމް ފްލެޓު ގަތް މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައިފި، އެކަމަކު ދައުވާ ކުރުމާމެދު އަދި ގޮތެއް ނުނިންމާ

24 ސެޕްޓެންބަރު 2024 - 12:51 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރެހެންދި-6 އިން ދެ ފްލެޓު ބައްލަވައިގަތް މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން ނިންމައިފި އެވެ.

"އަދަދު" އަށް އެކި މަސްދަރުތަކުން ޔަގީން ކޮށްދިން ގޮތުގައި އެ މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައި މިހާރު އޮތީ ދައުވާ ކުރުމާ މެދު ގޮތެއް ނިންމަންޖެހޭ ހިސާބުގަ އެވެ.

"މައްސަލައިގެ ތަހުގީގު އޮތީ ނިމިފައި. ދުވަސްކޮޅެއް ވެއްޖެ ތަހުގީގު ނިމުނުތާ. ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމާ ހިސާބުގައި އޮތީ ތާށިވެފައި،" އެކަން އެނގޭ މީހާ ބުންޏެވެ.

އެކަމާ ގުޅިގެން އޭސީީސީގެ ބަހެއް ހޯދަން މި ނޫހުން ތަކުރާރުކޮށް ގުޅުމުން ވެސް އޭސީސީން ވަނީ އެކަމަށް ކޮމެންޓު ކުރަން ދެކޮޅު ހަދައިފަ އެވެ.

ނުވަ މިލިއަނެއްހާ ރުފިޔާއަށް އެ ދެ ފްލެޓް އަބްދުރަހީމް ބައްލަވައިގަތްކަން ހާމަވީ ފްލެޓުގެ ރަޖިސްޓްރޭޝަން ނިންމުމަށް ފްލެޓްތަކުގެ ވެރި ފަރާތުން ފޮނުވި ސިޓީއެއް އާންމުވުމުންނެވެ. އޭނާ ކޮންމެ ފްލެޓެއް ބައްލަވައިގަތީ 4.5 މިލިއަން ރުފިޔާއަށެވެ.

އަބްދުއްރަހީމް ފްލެޓް ބައްލަވައިގަތް މައްސަލައިގައި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ކުރިން ނިންމި އެވެ. ނަމަވެސް އެ މައްސަލަ އަލުން ބަލަން 2020 ގައި ނިންމީ ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ކަމަށް އޭސީސީއިން އޭރު ބުންޏެވެ.