Advertisement

ސިޔާސީ ޕާޓީތަކުން ވަކިވާން އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ހަދަން ގަވާއިދު ބަދަލުކޮށްފި

24 ސެޕްޓެންބަރު 2024 - 10:11 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އިންތިހާބަކަށް ޕާޓީތަކުން ބެނާ ދަމާފައި. ޕާޓީތަކުން ވަކިވާން އޮންލައިންކޮށް ހުށަހެޅޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ގަވައިދު ބަދަލުކޮށްފައި. ފައިލް ފޮޓޯ/އަދަދު


ސިޔާސީ ޕާޓީތަކުން ވަކިވާން އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ހަދަން ގަވާއިދު ބަދަލުކޮށްފި

24 ސެޕްޓެންބަރު 2024 - 10:11 0

ސިޔާސީ ޕާޓީތަކުން ވަކިވާން މިހާރު ހުށަހަޅަން ޖެހޭ ފޯމުގެ ބަދަލުގައި އޮންލައިން ޕޯޓަލް މެދުވެރިިކޮށް ވެސް އެ ކަން ކުރިއަށް ގެންދެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބަދަލުކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ކުރިން އޮތް ގޮތުން ޕާޓީއަކުން ވަކިވާ ނަމަ ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ފޯމެކެވެ. އީސީން އިއްޔެ ގެޒެޓް ކުރި އިސްލާހުގައި އޮތީ އެ ކޮމިޝަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން އެ މަރުހަލާ ފުރިހަމަކުރެވޭނެ ކަމަށެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ "އަދަދު" އަށް ވިދާޅުވި ގޮތުގައި ކޮމިޝަނުން ކަނޑައަޅާ ނިޒާމަކަށް މުސްތަގުބަލުގައި ވާނީ އޮންލައިން ޕޯޓަލް އެކެވެ. ގަވާއިދު ބަދަލުކުރީ އޭނާ ވިދާޅުވި ގޮތުގައި ޕާޓީތަކުން ވަކިވުމުގެ މަރުހަލާ އޮންލައިން ކުރަން މަގުފަހިކުރުމަށް ޓަކަ އެވެ.

މީހަކު ދަފުތަރުކޮށްފައި އޮތް ޕާޓީއަކުން އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ ކުރިން އޮތް ޕާޓީއަށް ބަދަލުވާން ފޯމެއް ހުށަހަޅަން އޮތް އޮތުން ވެސް އާ އިސްލާހުގައި އޮތީ "އީސީން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން" (އޮންލައިންކޮށް) ކުރެވޭ ކަމަކަށް ބަދަލުކޮށްފަ އެވެ.

ހިދުމަތްތައް އޮންލައިންކޮށް، ޒަމާނީ ކުރުމުގެ ގިނަ މަސައްކަތްތަކެއް، އީސީން އަންނަނީ ކުރަމުންނެވެ.