Advertisement

ބުރުނު ޝިކާރު: ކުޑަ އައްޔަ، ޖާއްޓެ، އަޒާން އަދި ނަޒްމީން ސެމީ އަށް

29 މޭ 2024 - 08:42 0

އަތޫފް އާތިފް

އަތޫފް އާތިފް


ބުރުނު ޝިކާރު: ކުޑަ އައްޔަ، ޖާއްޓެ، އަޒާން އަދި ނަޒްމީން ސެމީ އަށް

29 މޭ 2024 - 08:42 0

މިހާރު ކުރިއަށްދާ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރުގެ ސެމީ ފައިނަލުން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ)، އަލީ ޖާވިދު (ޖާއްޓޭ)، މުހައްމަދު އަޒާން އަހުމަދު އަދި އަހުމަދު ނަޒްމީން (ލޯބި) ޖާގަ ހޯދައިފި އެވެ.

އިއްޔެ ކުރިއަށްދިޔަ މި މުބަރާތުގެ މެންސް އޯޕަން ކެޓަގަރީގެ ކުއާޓާ ފައިނަލުގައި ވާދަކޮށް މި ހަތަރު ބޮޑީބޯޑަރުން ސެމީ ފައިނަލަށް ދަތުރުކުރިއިރު, މުޅި މުބާރާތުގައި އެންމެ މަތީ ސްކޯއެއް އެއް ހީޓުގައި ހަދާފައިވަނީ ކުޑަ އައްޔަ އެވެ.

ކުއާޓާ ފައިނަލުގެ ދެ ވަނަ ހީޓުގައި ކުޑަ އައްޔަ އާއެކު ވާދަކުރީ އަލީ ޝާމް ރާފިއު އެވެ. މި ހީޓު ކުޑަ އައްޔަ ކާމިޔާބުކުރީ 17.17 ސްކޯކޮށްގެންނެވެ. ޝާމް އަށް ސްކޯކުރެވުނީ 12.87 އެވެ. ކުޑަ އައްޔަ ހީޓް ކާމިޔާބުކުރީ ފަހު ދެ ރާޅުގައި ތަފާތު ދައްކައިގެންނެވެ.

ކުއާޓާގެ ފުރަތަމަ ހީޓުގައި ވާދަކޮށް, ޖާއްޓެ ސެމީ ފައިނަލުން ޖާގަ ހޯދީ 9.44 ސްކޯކޮށްގެންނެވެ. ޖާއްޓެ އާއެކު މި ހީޓުގައި ވާދަކުރި ދާވޫދް ފަޒީހު އަށް ސްކޯކުރެވުނީ 7.96 އެވެ.

ކުއާޓާގެ އެންމެ ވާދަވެރި ހީޓަކީ ތިންވަނަ ހީޓެވެ. މި ހީޓު އަޒާން ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޖޫނިއާ ޑިވިޝަން ޗެމްޕިއަން އާމިން އުމަރު މޫސާ 0.10 ޕޮއިންޓުގެ ތަފާތުން ބަލިކޮށްގެންނެވެ. އަޒާން ވަނީ މި ހީޓުގައި 9.83 ސްކޯކޮށްފަ އެވެ. އާމިން އަށް ސްކޯކުރެވުނީ 9.73 އެވެ.

ކުއާޓާގެ ފަހު ހީޓުގައި ވާދަކޮށް ނަޒްމީން ސެމީ ފައިނަލުން ޖާގަ ހޯދީ އިޔަން އަހްމަދު ބަލިކޮށްގެންނެވެ. ނަޒްމީން ވަނީ މި ހީޓުގައި 13.17 ސްކޯކޮށްފަ އެވެ. އިޔަން އަށް ސްކޯކުރެވުނީ 7.93 އެވެ.

މި މުބާރާތް ކުރިއަށްދަނީ ތިން ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ މެންސް އޯޕަން, ޑްރޮޕް-ނީ އަދި ޖޫނިއާ ޑިވިޝަން އެވެ.

ޑްރޮޕް-ނީގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ އާމިން, ދާވޫދް, ކުޑައައްޔަ އަދި މުހައްމަދު ވިއާމް އެވެ.

މި މުބާރާތުގެ މެންސް އޯޕަން ބައިގެ އެންމެ ކާމިޔާބު ބޮޑީބޯޑަރަކީ ކުޑަ އައްޔަ އެވެ. އޭނާ ވަނީ މި މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ.