Advertisement

ބުރުނު ޝިކާރު: އަޝްރަފް ކަޓައިފި، ކުޑަ އައްޔަ ކުރިއަށް

28 މޭ 2024 - 11:48 0

އަތޫފް އާތިފް

އަތޫފް އާތިފް


ބުރުނު ޝިކާރު: އަޝްރަފް ކަޓައިފި، ކުޑަ އައްޔަ ކުރިއަށް

28 މޭ 2024 - 11:48 0

މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބަރާތް ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު އިއްޔެ ފެށިއިރު, އެންމެ ފަހުގެ ޗެމްޕިއަން އަޝްރަފް ހަސަން ރައުންޑް ތިނަކުން މުބާރާތުން ކެޓިއިރު, ރަނަރަޕް އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު ކުޑަ އައްޔަ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޗެމްޕިއަން އަޝްރަފް އާއި ކުޑަ އައްޔަ މުބާރާތުގައި ވާދަކުރަން ޖެހުނީ އެއް ހީޓެއްގަ އެވެ. މި ހީޓުގައި އަޝްރަފް އާއި ކުޑަ އައްޔަގެ އިތުރުން ދެން ވާދަކުރީ އަހްމަދު ނަޒްމީން (ލޯބި) އަދި ނޫހް މުހައްމަދު އެވެ.

މި ހީޓު ކުޑަ އައްޔަ ކާމިޔާބުކުރީ ފަހުވަގުތު ލިބުނު ރާޅާއެކު, ޖުމްލަ 11.03 ގެ ސްކޯ އަކުންނެވެ. ދެވަނަ އަށް ދިޔަ ނަޒްމީން އަށް ލިބުނީ 8.30 ގެ ސްކޯއެކެވެ. އަދި އަޝްރަފް އަށް ލިބުނީ 6.24 ގެ ސްކޯއެކެވެ. އެއާއެކު މި ހީޓުން ކުޑަ އައްޔަ އާއި ނަޒްމީން ވަނީ ކުއާޓާ އަށް ގޮސްފަ އެވެ.

މީގެ އިތުރުން ރައުންޑް ތިނެއް ގެ ހީޓް އެކެއް ކާމިޔާބުކޮށް އަލީ ޖާވިދް (ޖާއްޓޭ) އާއި މުހައްމަދު އަޒާން އަހުމަދު ވަނީ ކުއާޓާ އަށް ގޮސްފަ އެވެ. މި ހީޓް ޖާއްޓޭ ކާމިޔާބުކުރީ 10.06 ސްކޯކޮށްގެންނެވެ. ދެވަނަ އަށް ދިޔަ އަޒާން އަށް 9.66 ގެ ސްކޯއެއް ލިބުނެވެ.

ރައުންޑް ތިނެއްގެ ހީޓް ތިނެއް ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަން އާމިން އުމަރު މޫސާ އެވެ. އޭނާ ވަނީ 14.83 ސްކޯކޮށްފަ އެވެ. އާމިން އަކީ އެންމެ މަތީ ސްކޯއެއް ކޮށް, ކުއާޓާ އިން ޖާގަ ހޯދި ބޮޑީބޯޑަރެވެ. ދެވަނަ އަށްދިޔަ ދާވޫދް ފަޒީހް އެވެ.

ކުއާޓާގެ ފަހު ދެ ޖާގަ ފަހު ހީޓުގައި ވާދަކޮށް ހޯދީ އިޔަން އަހްމަދު އަދި އަލީ ބާމް ރާފިއު އެވެ. އިޔަން ހީޓުގެ އެއްވަނަ ހޯދީ 10.67 ސްކޯއަކުންނެވެ. ދެވަނަ އަށް ދިޔަ ޝާމް ވަނީ 6.57 ސްކޯކޮށްފަ އެވެ.

މި އަހަރުގެ މުބާރާތުގައި ތިން ކެޓަގަރީ އެއް ވަނީ ހިމަނާފަ އެވެ. އެއީ މެންސް އޯޕަން, ޖޫނިއާ އޯޕަން އަދި ޑްރޮޕް ނީ ކެޓަގަރީ އެވެ.

މިއީ މި މުބާރާތް ބާއްވާ ހަ ވަނަ ފަހަރެވެ. މީގެ ކުރިން ހަތަރު ފަހަރު މަތިން ކުޑަ އައްޔަ މި މުބާރާތް ކާމިޔާބުކުރިއިރު, މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އަޝްރަފް އެވެ.