Advertisement

އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރު މެމްބަރުންގެ އިއްތިފާގުން ފާސްކޮށް ކޮމެޓީއަށް

20 ނޮވެންބަރު 2023 - 15:07 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް މަޖިލީސް ކުރިމަތީ އާންމުން ވަނީ އެއްވެފައި - ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރު މެމްބަރުންގެ އިއްތިފާގުން ފާސްކޮށް ކޮމެޓީއަށް

20 ނޮވެންބަރު 2023 - 15:07 0

އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވައިފި އެވެ.

މި ގަރާރު ކޮމެޓީއަށް ފޮނުވުމަށް ފާސް ކޮށްފައިވަނީ 68 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާގައި ގަރާރަށް ބަހުސް ކުރެއްވި މެމްބަރުން ވަނީ އިޒްރޭލާ ދެކޮޅަށް އަވަސް ފިޔަވަޅެއް އެޅުމަށް ގޮވާލާފަ އެވެ. އަދި, މިވަގުތު ދިވެހި ރައްޔިތުން އެންމެ ބޭނުންވަނީ އިޒްރޭލު ރައްޔިތުން ރާއްޖެ އައުން މަނާކުރުން ކަމަށް މެމްބަރުން ވިދާޅުވެފައިވެ އެވެ.

އިޒްރޭލާ ދެކޮޅަށް މަޖިލީހަށް އޮކްޓޯބަރު 14, ގައި ގަރާރެއް ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ. އޮކްޓޯބަރު 16, ގައި އޮތް ޖަލްސާގައި އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު ބަހުސް ފެށީ އޮކްޓޯބަރު 25, ގަ އެވެ. ރިޔާސަތުގެ ހައިޖާނުގެ ތެރޭގައި މަޖިލިސް އޮތީ އެ މުއްދަތުގެ ތެރޭގައި ހުއްޓިފަ އެވެ.

އެ ގަރާރުގެ އިތުރުން، އިޒްރޭލު މީހުންނަށް ރާއްޖެ ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް މިހާރު މަޖިލީހަށް ވަނީ ބިލެއްވެސް ހުށަހަޅާފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަށް 75 އަހަރު ވެގެންދިޔައިރު މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމާގައި އެކަނިވެސް މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އިޒްރޭލުގެ ހަމަލާތައް ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް އަދި ރެފިޔުޖީ ކޭމްޕްތަކަށް އަންނަނީ އަމާޒުކުރަމުންނެވެ.