Advertisement

ދިރާގާއެކު ހަލުވި ސްޕީޑުގައި އަންލިމިޓަޑް ހޯމް އިންޓަނެޓް

18 ސެޕްޓެންބަރު 2023 - 09:45 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ދިރާގާއެކު ހަލުވި ސްޕީޑުގައި އަންލިމިޓަޑް ހޯމް އިންޓަނެޓް

18 ސެޕްޓެންބަރު 2023 - 09:45 0

ދިރާގު ހިޔާރުކުރައްވައިގެން ކަސްޓަމަރުންނަށް މިހާރު އިންޓަނެޓްގެ ހުރިހާ ބޭނުންތަކަށް ހަލުވި ސްޕީޑްގައި އަންލިމިޓަޑް ފައިބާ ހޯމް އިންޓަނެޓް ތަޖުރިބާކޮށްލެވޭނެ އެވެ.

އެގޮތުން ރެސިޑެންޝަލް ކަސްޓަމަރުންނަށް ބްރައުސްކުރުމަށާއި ސްޓްރީމްކުރުމަށާއި ގޭމް ކުޅެ، ޑައުންލޯޑް ކުރުމަށްވެސް އަންލިމިޓަޑް ފައިބާ ބްރޯޑްބޭންޑް ދެ ޕެކޭޖަކުން އިހްތިޔާރުކުރެވޭނެ އެވެ. އެއީ 1،490ރ. އަށް ފައިބާ 50އެމް އަންލިމިޓަޑް ޕެކޭޖް އަދި 2،800ރ. އަށް ފައިބާ 100އެމް އަންލިމިޓެޑެވެ.

ކަސްޓަމަރުންނަށް ދިރާގު އެޕް ނުވަތަ ދިރާގު މައި އެކައުންޓް މެދުވެރިކޮށް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެ އެވެ. އަދި ދިރާގަށް އައު ކަސްޓަމަރެއްނަމަ މި ލިންކް މެދުވެރިކޮށް ދިރާގު އިންޓަރނެޓަށް އެޕްލައިކޮށްލެވޭނެ އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކް އެވެ. ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ ޕެކޭޖްތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.