Advertisement

އޮސްކާ އެވޯޑާ އެކު "ނާޓު ނާޓު" ތާރީހުގެ ތެރެއަށް

13 މާރިޗު 2023 - 10:33 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

"ނާޓު ނާޓު" ލަވަޔަށް ވަނީ ގިނަ އެވޯޑުތަކެއް ލިބިފައި.


އޮސްކާ އެވޯޑާ އެކު "ނާޓު ނާޓު" ތާރީހުގެ ތެރެއަށް

13 މާރިޗު 2023 - 10:33 0

ތެލޫގޫ ފިލްމް "އާރްއާރްއާރް" (ޓްރިޕްލް އާރް) ގެ ލަވަ "ނާޓު ނާޓު" އަށް އެންމެ މޮޅު އޮރިޖިނަލް ލަވައިގެ ދާއިރާއިން އޮސްކާ އެވޯޑު ލިބިއްޖެ އެވެ.

މިއީ އިންޑިއާގެ ފިލްމެއްގެ ލަވަޔަކަށް އޮސްކާ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. "ނާޓު ނާޓު" އިން އެވޯޑު ގެންދިޔައީ ލޭޑީ ގާގާ އަދި ރިއާނާ ފަދަ ތަރިންނާ ވާދަކޮށްގެންނެވެ.

ގިނަ ބަޔެއްގެ މަގްބޫލުކަން ލިބިފައިވާ އެ ލަވައަށް ގޯލްޑަން ގްލޯބްގެ އިތުރުން ކްރިޓިކްސް ޗޮއިސް އެވޯޑް ދާދި ފަހުން ލިބުނެވެ.

އެ ލަވަ ކޮމްޕޯޒް ކުރި އެމްއެމް ކީރަވާނީ އެވޯޑާ ހަަވާލުވުމަށް ފަހު ބުނީ އެ ލަވަޔަކީ "އިންޑިއާގެ ކޮންމެ ރައްޔިތަކަށް ލިބުނު ފަހުރެއް" ކަމަށެވެ.

އޭގެ އިތުރުން އެންމެ މޮޅު ކުރު ޑޮކިޔުމެންޓްރީ ފިލްމުގެ ކެޓެގަރީއިން އިންޑިއާގެ "ދަ އެލެފެންޓް ވިސްޕަރާޒް" ޑޮކިޔުމެންޓްރީއަށް މި އަހަރު އެވޯޑް ލިބުނެވެ.

އެންމެ ފަހުން އިންޑިއާ މީހަކު ފިލްމަކަށް ތައްޔާރު ކުރި މިޔުޒިކުން އޮސްކާ އެވޯޑް ލިބުނީ 2009 ގަ އެވެ. އެއީ ޑެނީ ބޮއިލް ޑައިރެކްޓް ކުރި ފިލްމު "ސްލަމްޑޯގް މިލިއަނާ" އަށް އޭއާރް ރަހްމާން ތައްޔާރު ކުރި ލަވަ "ޖޭ ހޯ" އެވެ.

"ނާޓު ނާޓު" ލަވައިގެ މަންޒަރުތައް ނަގާފައި ވަނީ 2021 ވަނަ އަހަރު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ ރަސްމީ ގެކޮޅުގެ ކުރިމަތީގަ އެވެ.

އެ ލަވަ ހިމެނޭ "އާރްއާރްއާރް" ފިލްމު ލިޔެ ޑައިރެކްޓް ކުރީ އެސްއެސް ރާޖަމޫލީ އެވެ. އެއީ އިންޑިއާގައި އިނގިރޭސިންގެ ވެރިކަމާ ދެކޮޅަށް ދެ މީހަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ތަރިންނަކީ ރާމް ޗަރަން އަދި ޖޫނިއާ އެންޓީއާރް އެވެ.

އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމަކީ "އާރްއާރްއާރް" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބުނެވެ. އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް އެ ފިލްމު ހިނގި އެވެ.