Advertisement

ރައީސް ސޯލިހު، އދ. ސެކްރެޓަރީ ޖެނެރަލާއެކު ގިނަ މަޝްވަރާތަކެއް

5 މާރިޗު 2023 - 07:55 0

ގަތަރުގެ ދޯހާގައި ހުންނަ ނެޝަނަލް ކޮންވެންޝަން ސެންޓަރުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއެކު ރައީސް ސޯލިހު ބޭއްވެވި ބައްދަލު ކުރެއްވުމަށް ފަހު ދެ ބޭފުޅުން ފޮޓޯފުޅަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް


ރައީސް ސޯލިހު، އދ. ސެކްރެޓަރީ ޖެނެރަލާއެކު ގިނަ މަޝްވަރާތަކެއް

5 މާރިޗު 2023 - 07:55 0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި ގިނަ ދާއިރާއެއްގެ މަޝްވަރާތައް ކުރައްވައިފި އެވެ.

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ.ގެ ފަސް ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު ގަތަރަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ދޯހާގައި ހުންނަ ނެޝަނަލް ކޮންވެންޝަން ސެންޓަރުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އދ. އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީއާ ގުޅޭ ގޮތުން މަޝްވަރާކުރައްވެވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުމާއި ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އދ. އަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އެޖެންޑާ 30 ގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުހިންމު އިދާރާތަކުގެ ގާބިލުކަން އިތުރުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ. އިން ވަރަށް މުހިންމު ދައުރެއް އަދާކޮށްދެމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތަކަށް ކަންކަން ކުރުމަށްޓަކައި، އދ.ގެ ޖަމްއިއްޔާ ޖަމާއަތްތަކާއި، ޕަބްލިކް ސެކްޓަ ގްރޫޕްތަކުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ރައީސް ސޯލިހާއި އެންޓޯނިއޯ ގުޓާރޭޒް މަޝްވަރާ ކުރެއްވެވި އެވެ. އޭގެ ތެރޭގައި އުމްރާނީ ވަސީލަތްތައް ގާއިމުވެފައި ހުރި ގޮތުން ހުރި ފަރަގުތައް ކުޑަކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ކުރެވެން ހުރި އިންވެސްޓްމަންޓްތައް ބެލުން ހިމެނެ އެވެ.

ރާއްޖެގެ އިގުތިސޯދު އެންމެ ދާއިރާއަކަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށްޓަކައި ދެމެހެއްޓެނިވި ވިޔަފާރީގެ ދާއިރާ އާއި މަސްވެރިކަން ފުޅާކޮށް އިތުރު ގޮތްތައް ހޯދުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އދ. އިން ކުރަމުން ގެންދާ މަސައްކަތަށް ރައީސް ސޯލިހު ތައުރީފު ކުރެއްވެވި އެވެ. އެ ލަނޑުދަނޑި އަށް ގިނަ ގައުމުތައް އެކުވެގެން މަސައްކަތްކުރުމުގެ ރޫހު ދެމެހެއްޓުމަށާއި، އދ.އާ ގުޅިގެން ގާތުން މަސައްކަތް ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވެވި އެވެ.