Advertisement

މާލެއިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

29 ޖަނަވަރީ 2023 - 17:19 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގެއްލިގެން ހޯދަމުންދާ ތ. ދިޔަމިގިލި، އާގިސާމަންޒިލް، ޒީކް ބިންތި މުހައްމަދު ރިޔާޒު -- ފޮޓޯ: ފުލުހުން


މާލެއިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

29 ޖަނަވަރީ 2023 - 17:19 0

މާލެއިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ގެއްލިގެން ހޯދަނީ ތ. ދިޔަމިގިލި، އާގިސާމަންޒިލް، ޒީކް ބިންތި މުހައްމަދު ރިޔާޒު ކަމަށެވެ.

ޒީކް އެންމެފަހުން އާއިލާއަށް ފެނުނުއިރު ހުރީ ކަޅު ޝޯލެއް އަޅައި ހިތެއްގެ ބައްޓަން ކުރަހާފައިހުރި ކަޅު ޓޮޕަކާއި އަޅި ކުލައިގެން ޖިންސެއް ލައިގެނެވެ. އޭނާ ގެއްލިގެން ރިޕޯޓް ކުރީ ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ ބުދަ ދުވަހުގެ ހަވީރު 5:00 ހާއިރު ގެއިން ޒީކް ބޭރަށް ދިޔަގޮތަށް އެނބުރި ގެއަށް އައިސްފައި ނުވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް މިއަދު ކުރި އިއުލާނުގައިވެ އެވެ.

ޒީކް ގެއްލުމާ ހަމައަށް ދިރިއުޅެމުން އައީ ކ. މާލެ، ގ. ތޯނީއައްސޭރި ގޭގަ އެވެ. އެ ގެ ހުންނަނީ އަލިކިލޭގެފާނު މަގު ރެއިންބޯ ފިހާރަ ކައިރީގަ އެވެ.

ޒީކް ބިންތި މުހައްމަދު ރިޔާޒާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ލަސްނުކޮށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.