Advertisement

ކިއު ވޯލްޑް އެކްސްޕޯ މިއަދު އައްޑޫގައި

29 ޖަނަވަރީ 2023 - 16:00 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


ކިއު ވޯލްޑް އެކްސްޕޯ މިއަދު އައްޑޫގައި

29 ޖަނަވަރީ 2023 - 16:00 0

ރާއްޖޭން ބޭރުގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތަކާ ބޭހޭ ގޮތުން މައުލޫމާތު ދޭން ކިއު ސްޓަޑީ މޯލްޑިވްސް އިން ބާއްވާ "ކިއު ވޯލްޑް އެކްސްޕޯ" މިއަދު އައްޑޫ ސީޓީގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

ކިއު މޯލްޑިވްސް އިން މައުލޫމާތު ދިން ގޮތުގައި އެކްސްޕޯގައި މެލޭޝިއާ އާއި އިނގިރޭސިވިލާތާއި އެމިރިކާ އާއި އޮސްޓްރޭލިއާ އާއި ޔޫރަޕްގެ އިތުރުން އިންޑިއާގެ މަޝްހޫރު ޔުނިވަސީޓީތަކުން ބައިވެރިވާނެ އެވެ.


އައްޑޫގައި މިއަދު ބާއްވާ އެކްސްޕޯ އޮންނާނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ. އެކްސްޕޯ ކުރިއަށް ދާނީ މެންދުރު ފަހު 3:00 އިން ރޭގަނޑު 7:00 އާ ހަމައަށެވެ.

ކިއު ވޯލްޑް އެކްސްޕޯ މާދަމާ ހދ. ކުޅުދުފުއްފުށީގައި ވެސް އޮންނާނެ ކަމަށް މައުލުމާތު ލިބެ އެވެ. މި އެކްސްޕޯ މިހާރު ކުރިއަށް ދަނީ މާލޭގަ އެވެ.