Advertisement

ޕްރައިމެރީގައި ގަޑުބަޑެއް ނެތް ކަމުގެ ޔަގީންކަން ދީފި

29 ޖަނަވަރީ 2023 - 13:14 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ވޯޓުލުމުގެ ހައްގުލިބިގެންވާާ މީހުންނަށްވުރެ އިތުރަށް ބައެއް ފޮށިތަކަަށް ވޯޓުލާފައި ހުރުމަކީ މައްސަލައެއް ނުވަތަ އޮޅުވާލުމަކުން ހިނގި ކަމެއް ނޫން ކަމަށް ބުނި -- ފޮޓޯ: މުހައްމަދު ޝާާބިން/އަދަދު


ޕްރައިމެރީގައި ގަޑުބަޑެއް ނެތް ކަމުގެ ޔަގީންކަން ދީފި

29 ޖަނަވަރީ 2023 - 13:14 0

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމެރީ އިންތިހާބުގައި ވޯޓު ފޮށީގެ ލިސްޓުގައިވާ މީހުންނަށްވުރެ އިތުރަށް ފޮށިތަކަށް ވޯޓުލާފައި ނުވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްޑީޕީން އެކުލަވާލާފައިވާ ކޮމެޓީން މިއަަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ނަތީޖާ ޝީޓުތައް އާންމުކުރި އިރު ވޯޓު ފޮށީގެ ލިސްޓުގައިވާ މީހުންނަށްވުރެ އިތުރަށް ފޮށިތަކަށް ވޯޓުލާފައި ހުރުމުން ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާ ކަމަށެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކަށް މިހާރު ވެގެން އުޅެނީ ނަތީޖާ ޝީޓުތަކުގައި ހުރި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށްވުރެ އިތުރަށް ވޯޓުލާފައި ހުރުމުން," އިބްްރާހިމް ވިދާޅުވި އެވެ.

ވޯޓު ފޮށީގެ ވޯޓުލާމީހުންގެ ލިސްްޓަށްވުރެ އިތުރަށް ވޯޓުލާފައި ހުރި ސަބަބު:

މިއީ ރީރަޖިސްޓްރީ ކޮށްގެން ވޯޓުލުން ކުރިއަށް ގެންދާ އިންތިހާބަކަށް ނުވާއިރު، އެމްޑީޕީގެ ކޮންމެ މެންބަރަކަށް ވެސް އެ މެންބަރެއްގެ އަމިއްލަ ރަށުގައި ހުންނަ ވޯޓު ފޮއްޓަށް ނުވަތަ މާލޭގައި ހުންްނަ އެ ރަށަކަށް ހާއްސަ ފޮއްޓަކަށް ވޯޓުލުމުގެ ދިނެވެ. ވޯޓު ފޮއްޓަށް ވޯޓުލާނެ މީހުންގެ ލިސްޓު ތައްޔާރުކޮށްފައި ވަނީ އެންމެ ފަހުން އެމްޑީޕީއިން ކުރިއަށް ގެންްދިޔަ އެޕާޓީގެ ޗެއާޕާސަން އިންތިހާބުގައި މެންބަރުން ވޯޓުލީ ތަންތަނަކީ މިފަހަރު ވެސް ވޯޓުލާނެ ތަން ކަމަށް ބަލައިގެންނެވެ.

"އަޅުގަނޑުމެންނަކަށް ނޯވޭ އެނގޭކަށް އޭގެ ތެރެއިން ކިތައް ބޭފުުންކަމެއް ރަށުގައި ތިބީ، ނުވަތަ މާލޭގައި ހުރީ. މީގެ ކުރީގަ ހަދާާ ގޮތަކީ ހަމަ ބޭނުންވަރަކަށްް ކަރުދާސް ޗާޕުކުރަނީ. ކޮށްފަ ރަށަށްވެސް ފޮނުވަނީ އެންމެނަށް ލެވޭވަރަށް މާލޭގަވެސް ބަހައްޓަނީ އެންމެނަށްް ލެވޭ ވަރަށް," އިބްރާހިމްް ވިދާޅުވި އެވެ.

އިބްރާހިމްް ވިދާާޅުވީ މީގެ ކުރިން އަމަލުކުރާ ގޮތަކީ މާލޭގައި ވެސް އަދި ރަށުގައި ވެސް އެންމެނަށް ވޯޓު ލެވޭ ވަރަށް ކަރުދާސް ބަހައްޓަނީ ކަމަށާއި، ނަމަވެސް މިފަހަރު ނިންމީ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ކަމަށެވެ. އެހެންކަމުން ޕްރިންްޓުކުރީ ވޯޓާސް ލިސްޓުގައިވާ ޖުމްލަ އަދަދު ކަމަށްވާ 57،255 ކަރުދާސް ކަމަށެވެ.

ވޯޓު ކަރުދާސް ފޮނުވީ އެންމެ ފަހުން ޗެއާޕާާސަން އިންތިހާބުގައި ވޯޓުލީ މީހުން ވޯޓުލީ ފޮށިތަކަށް ބަލާ އަންދާޒާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ. ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން ރައީސް ސޯލިހަށް 61 އިންސައްތަ ކާމިޔާބު ކުރެވިފައިވާއިރު ރައީސް ނަޝީދަށް ކާމިޔާބުކުރެވުނީ 39 އިންސައްތަ އެވެ.