Advertisement

ވާދަވެރިކަން ނިމުނީ, ދެން އެކުގައި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރޭ: ރައީސް

29 ޖަނަވަރީ 2023 - 12:07 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ރައީސް ސޯލިހު, ރޭ އެމްޑީޕީ ހަރުގޭގައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ވާދަވެރިކަން ނިމުނީ, ދެން އެކުގައި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރޭ: ރައީސް

29 ޖަނަވަރީ 2023 - 12:07 0

ވާދަވެރިކަން ނިމި ޕާޓީ އެކުގައި ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ޕްރައިމަރީގެ ކާމިޔާބީ ފާހަގަކުރެއްވުމަށް އެމްޑީޕީގެ ހަރުގޭގައި ވަހަކަ ދަށްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަސީގައި ނަމޫނާ ދައްކާ ޕާޓިއެއް ކަމަށާއި ވާދަވެރިކަމަކަށްފަހު އެއް ބައެއްގެ ގޮތުގައި އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުން ތަފާތު ނޫން ކަމަށާއި، އެމްޑީޕީއަކީ ސިޔާސީ ޕާޓީތައް ތައާރަފްކޮށް ރާއްޖޭގައި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ.

ހިތްހަމަނުޖެހޭ ކުދިކުދި ކަންކަން ހުންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއިން އެއްވެސް ކަމެއް އެމަނިކުފާނުގެ ހިތްޕުޅުގައި ނެތް ކަމަށެވެ. އެންވެ އެންމެން އެކުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

އިތުރަށް ރައީސް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އޮތް ވާދަވެރިކަން މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ އެންމެން އެކުގައި ނިކުމެ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. މި އިންތިހާބުގައި 243 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.