Advertisement

ފްރޭންކްފާޓާ ވެސް އެއްވަރުވެ، ބަޔާން ޕްރެޝަރު ހާލަތަކަށް

29 ޖަނަވަރީ 2023 - 01:52 0

ފްރޭންކްފާޓްގެ މުއާނީ ބަޔާންގެ ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ


ފްރޭންކްފާޓާ ވެސް އެއްވަރުވެ، ބަޔާން ޕްރެޝަރު ހާލަތަކަށް

29 ޖަނަވަރީ 2023 - 01:52 0

މިއުނިކް (ޖެނުއަރީ 29) - ޖަރުމަނު ލީގުގައި މިރޭ ކުުޅުނު މެޗުން އައިންޓްރަކްޓް ފްރޭންކްފާޓާ 1-1 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި ބަޔާން މިއުނިކްގެ ލީޑުކުޑަވެ، އެ ޓީމު ޕްރެޝަރު ހާލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ފީފާ ވޯލްޑް ކަޕްގެ ބްރޭކަށް ފަހު ޖަރުމަނު ލީގުގެ ކުޅުން މި މަހު އަލުން ފެށިއިރު، ބަޔާނުން ލީގުގައި ކުޅުނު ތިން މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ. މި އަހަރު އަދި ރަސްމީ މެޗެއްގައި ބަޔާނަށް އަދި މޮޅެއް ނުލިބެ އެވެ. މިއީ 2007 ވަނަ އަހަރުގެ ފަހުން ބަޔާނުން އާ އަހަރެއް ފަށައިގެން މޮޅެއް ނުލިބި ތިން މެޗު ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 18 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ މިރޭ ހާތާ ބާލިން އަތުން 2-0 އިން މޮޅުވެ، 18 މެޗުން 36 ޕޮއިންޓް ހަމަކުރި ޔޫނިއަން ބާލިން އެވެ. ރޭ، ސްޓުޓްގާޓް ބަލިކުރި، އާރްބީ ލައިޕްޒިގު ތިން ވަނައިގައި އޮތީ 18 މެޗުން 35 ޕޮއިންޓާ އެކު އެވެ. އޮއުސްބާގް އަތުން 3-1 އިން މޮޅުވި ފްރެއިބާގް ތިން ވަނައިގައި އޮތީ 18 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ.

ބަޔާންގެ އަލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގެ 29 ވަނަ މިނިޓްގައި ބަޔާންގެ ޔޯސުއާ ކިމިކް އޭރިއާބޭރުން ޖެހި ބޯޅަ ފްރޭންކްފާޓްގެ ކީޕަރު، ކެވިން ޓްރަޕް ވަނީ މަަތަކޮށްފަ އެވެ. ދެ ވަނަ ފަަހަރުން، ތޯމަސް މުލާ ޖެހި ބޯޅަ ވެސް ހުއްޓުވީ ކީޕަރު ޓްރަޕް އެވެ.

އެކަމަކު، އޭގެ ހަތަރު މިނިޓް ފަހުން، މެޗުގެ 34 ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިދިނީ ލެރޯއި ސާނޭ އެވެ. މުލާ ނަގައިިދިން ހުރަހަކުން އޭރިއާތެެރެއިން ސާނޭ އަށް ލިބުމުން އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ 60 ވަނަ މިނިޓްގައި ބަޔާނަށް ލީޑުފުޅާކޮށްދޭން ފްރޭންކްފާޓްގެ އޭރިއާތެރެއިން ބަޔާންގެ އެރިކް މެކްސިމް ޗޮޕޫ-މޯޓިން އާއި ސާނޭ އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަތައް ފްރޭންފާޓް ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.

ބަޔާން ސިއްސުވާލުމަށް ފަހު މެޗުގެ 69 ވަނަ މިނިޓްގައި ފްރޭންކްފާޓަށް އެއްވަރުކޮށްދިނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ޓީމުން ފާހަގަވި ރަންޑަލް ކޯލޯ މުއާނީ އެވެ. ފްރޭންކްފާޓުގެ ކައުންޓަ އެޓޭކުގައި އެ ޓީމުގެ ޑައީޗީ ކަމާޑާ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ބަޔާން އޭރިއާތެެރެއިން މުއާނީ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.