Advertisement

އިމާރާތެއްގެ ހަތްވަނަ ފްލޯއިން މީހަކު ވެއްޓި އަނިޔާވެއްޖެ

28 ޖަނަވަރީ 2023 - 20:51 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު


އިމާރާތެއްގެ ހަތްވަނަ ފްލޯއިން މީހަކު ވެއްޓި އަނިޔާވެއްޖެ

28 ޖަނަވަރީ 2023 - 20:51 0

މާލޭގެ އިމާރާތެއްގެ ހަތް ވަނަ ފަންގިފިލާއިން މަގު މައްޗަށް ވެއްޓުނު މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މައްޗަންގޯޅި ގެއެއްގެ ހަތްވަނަ ފަންގިފިލާގައި އޭސީއެއް ހަރުކުރަން އުޅުނު ބިދޭސީ ފިރިހެނަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 16:39 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް, އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.