Advertisement

އިންތިހާބު ކާމިޔާބު ކުރެއްވިކަން ރައީސްގެ ޓީމުން އިއުލާނު ކުރައްވައިފި

28 ޖަނަވަރީ 2023 - 20:57 0

ރައީސް ސޯލިހު ވޯޓުލެއްވުމަށްފަހު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އިންތިހާބު ކާމިޔާބު ކުރެއްވީ 65 ޕަސެންޓު މީހުންގެ ވޯޓު ހޯއްދަވައިގެން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އިންތިހާބު ކާމިޔާބު ކުރެއްވިކަން ރައީސްގެ ޓީމުން އިއުލާނު ކުރައްވައިފި

28 ޖަނަވަރީ 2023 - 20:57 0

މިއަދު މުޅި ރާއްޖޭގައި ބޭއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވިކަން އެމަނިކުފާނުގެ ކެމްޕެއިނު ޓީމުން ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.

މި އިންތިހާބުގައި މިހާތަނަށް 36،946 މީހުންގެ ވޯޓު ގުނިއިރު 62 ޕަސެންޓު ހޯއްދަވައިގެން ކުރީގައި އުޅުއްވަނީ ރައީސް ސޯލިހެވެ. އެއާއެކު ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވިކަން އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ނާޝިޒް ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމުން އެމަނިކުފާނަށް އެކި ފަރާތްތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. ނަމަވެސް ރައީސްއާ ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށާއި ހަގީގީ ނަތީޖާއިން ކުރި ލިބެނީ އެމަނިކުފާނަށް ކަމަށެވެ.

"ބައެއް ވޯޓު ފޮށިތައް ކައިރީގައި އަޅުގަނޑުގެ ފަރާތުން ތިބި ކިތަންމެ އޮބްޒާވަރުންނާއި ތާއީދު ކުރާ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ. އެ މީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓު ގަޑުބަޑު ކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލަން،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ އިންތިހާބުގައި ވޯޓު އޮޅުވާލަން ބަޔަކު މަސައްކަތް ކުރި ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަދި އެމަނިކުފާނުގެ ބައެއް މަންދޫބުން އަދި ސަޕޯޓަރުން ނުހައްގުން ހައްޔަރު ކުރި ކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

"ބައެއް ވޯޓު ފޮށިތައް ކައިރީގައި އަޅުގަނޑުގެ ފަރާތުން ތިބި ކިތަންމެ އޮބްޒާވަރުންނާއި ތާއީދު ކުރާ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ. އެ މީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓު ގަޑުބަޑު ކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލަން،" ނަޝީދު ވިދާޅުވި އެވެ.