Advertisement

ހައްޔަރުކުރީ ނަޝީދުގެ އޮބްޒާވަރުން ކަމަށް ވިދާޅުވެ އެ މީހުން ދޫކޮށްލަން ގޮވާލައްވައިފި

28 ޖަނަވަރީ 2023 - 16:41 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ވޯޓުލާ މަރުކަޒު ސަރަހައްދުގައި ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ހައްޔަރުކުރީ ނަޝީދުގެ އޮބްޒާވަރުން ކަމަށް ވިދާޅުވެ އެ މީހުން ދޫކޮށްލަން ގޮވާލައްވައިފި

28 ޖަނަވަރީ 2023 - 16:41 0

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަަހައްޓާފައިވާ ބައެއް ވޯޓު ފޮށިތައް ކައިރީގައި ތިބި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޮބްޒާވަރުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން ވަގުތުން ދޫކޮށްލުމަށް ނަޝީދު ގޮވާލައްވައިފި އެވެ.

ތިނަދޫން އެކަކު އަދި ރަތަފަންދޫން ދެ މީހަކު ހައްޔަރުކުރީ، ޕްރައިމަރީގައި ވޯޓުލުމަށް އެ ރަށްރަށުގައި ހުރި ވޯޓު ފޮށި ފަޅާލި ކަމުގެ ތުހުމަތުގަ އެވެ. ފުލުހުން ވަނީ އެ މައުލޫމާތު ކަށަވަރުކޮށްދީފަ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބައެއް ވޯޓު ފޮށިތައް ކައިރީގައި އަޅުގަނޑުގެ ފަރާތުން ތިބި ކިތަންމެ އޮބްޒާވަރުންނާއި ތާއީދުކުރާ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައި" ކަމަށެވެ.

ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށާއި، ވޯޓު "ގަޑުބަޑު" ކުރާ މީހުނާ މެދު ފިޔަވަޅު އެޅުމަށް ނަޝީދު ގޮވާލެއްވި އެވެ.

ތިނަދުއާއި ރަތަފަންދޫގެ އިތުރުން ތ. މަޑިފުށީގައި ވެސް ވޯޓު ފޮށި ވަނީ ފަޅާލައިފަ އެވެ. އަދި ގދ. ގައްދޫގައި ވޯޓު ފޮށީގައި ހުރި ވޯޓު ކަރުދާސްތައް އުކާލައި ކަރުދާސްތައް ހަލާކުކޮށްލާފައިވެ އެވެ.

އެމްޑީޕީގެ 57،000 މެންބަރުންނަށް ވޯޓު ދެވޭ މި ޕްރައިމަރީގައި ނަޝީދުގެ އިތުރަށް ވާދަކުރައްވަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމްޑީޕީގެ ކުރިމަގު ކަނޑައަޅަން އޮތް އިންތިހާބުގައި، ބައެއް ރަށްރަށުގައި ހަމަނުޖެހުމުގެ ކަންކަން ދަނީ ހިނގަމުންނެވެ.