Advertisement

8 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އަޒްރާ އާއި ޝާޒް އަށް

28 ޖަނަވަރީ 2023 - 16:22 0

8 ބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އަޒުރާ (ކ) އާއި ޝާޒް.-- ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން


8 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އަޒްރާ އާއި ޝާޒް އަށް

28 ޖަނަވަރީ 2023 - 16:22 0

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްބީޕީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ 8 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒް އަހުމަދު އާއި އާމިނަތު އަޒުރާ ހޯދައިފި އެވެ.

ގައުމީ ބިލިއާޑް ސެންޓަރުގައި ރޭ 8 ބޯލް ޗެމްޕިއަންޝިޕްގެ ދެ ޑިވިޝަނުގެ ފައިނަލް ކުރިއަށްދިޔައިރު، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޝާޒް ހޯދީ ވަރުގަދަ ހިތްވަރެއް ދައްކައި، އިސްމާއިލް ސުވެއިދާ ވާދަކޮށް 11-10 ފްރޭމުން މޮޅުވެގެންނެވެ.

އަޒްރާ، އަންހެން ޑިވިޝަންގެ ތަށި އުފުލާލީ މިދިޔަ އަހަރުގެ ރަނަރަޕް ދީނާ އަހުމަދު ބަލިކުރުމަށް ފަހު އެވެ. އަޒްރާ ވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި 7-3 ފްރޭމުން ކުރިހޯދައިފަ އެވެ.

މިއީ ގައުމީ ރޭންކިން އަށް ގުނާ މުބާރާތެއް ކަމަށްވާތީ ހުރިހާ ކުޅުންތެރިން ވެސް މި ފަހަރުގެ މުބާރާތުގައި ނިސްބަތުން ބަލާއިރު ރަނގަޅު ކުރިއެރުންތަކެއް ހޯދި އެވެ.

ފިރިހެން ޑިިވިޝަނަށް ބަލާއިރު، ވިނާސް ބްރެކެޓުގެ ސެމީ ފައިނަލުން ބަލިވި ނަމަވެސް ޝާޒް ވަނީ ލޫޒާސް ބްރެކެޓުގެ ފަހު މެޗުގައި މުހައްމަދު ޝަރީފް ބަލިކޮށް ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ މެޗު ޝާޒް ކާމިޔާބުކުރީ 9-2 ފްރޭމުންނެވެ. މި މެޗުން ބަލިވުމުން ޝަރީފަށް ލިބުނީ މުބާރާތުގެ ތިން ވަނަ އެވެ.

އަންހެން ޑިވިޝަނުގައި މުބާރާތް ދިޔަ ގޮތަށް ބަލާއިރު، ދީނާ ވަނީ ވިނާޒް ބްރެކްޓުގައި އަޒުރާ އަތުން 5-1 ފްރޭމުން މޮޅުވެފަ އެވެ. ދީނާ އަތުން ބަލިވި ނަމަވެސް އަޒުރާ ވަނީ ބަލިވި ފަޅިން ކުޅުނު ސެމީ ފައިނަލު މެޗު ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ ގޮތުން، އާމިނަތު ހަލީމް (ދިލް)އާ ވާދަކޮށް އެ މެޗު އަޒުރާ ކާމިޔާބު ކުރީ 5-1 ފްރޭމުންނެވެ. ދިލް އަށް މުބާރާތުގެ ތިން ވަނަ ލިބުނުއިރު، އަންހެން ބައިގެ ހަތަރު ވަނަ ލިބުނީ އާމިނަތު އަޒީމާ އަށެވެ.