Advertisement

ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލައިފި، މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަނީ

28 ޖަނަވަރީ 2023 - 12:29 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވޯޓު ފޮއްޓެއްގައި ޖެހުނު މައްސަލައަކާ ގުޅިގެން މީހަކު ނުރުހުން ފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލައިފި، މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަނީ

28 ޖަނަވަރީ 2023 - 12:29 0

މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކަށް ވޯޓު ލެވުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ގއ. ވިލިނގިލީ ދާއިރާގެ ފޮއްޓަށް ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލާފައިވާ ކަމަށް އެ ފޮށި ބަލަހައްޓަމުންދިޔަ އިންތިހާބީ އޮފިޝަލުން ވެސް ވިދާޅުވި އެވެ.

އެ މައްސަލައިގައި އިންތިހާބީ ކޮމެޓީގެ މުގައްރިރު އިބްރާހިމް ވަހީދު ތާޖުއްދީން ސްކޫލަށް ވަޑައިގެން ވޯޓުލުން ކުރިއަށް ގެންދިއުމަށް ވަނީ އިރުޝާދު ދެއްވައިފަ އެވެ. އަދި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެތަނުގައި ހުންނަވައި ވިދާޅުވި އެވެ.

ލިސްޓުގައި ނަން ނެތި ވިލިނގިލީ ފޮއްޓަށް ވޯޓު ލީ މީހާގެ ތަފުސީލު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ސޯޝަލް މީޑިއާގައި ހާމަ ކުރައްވައިފަ އެވެ. އެ މީހާ ވޯޓުލި ފަހުން އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް އަޑުގަދަވި އެވެ.

މި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާއިރު 57،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އަދި އިންތިހާބަށް މުޅި ރާއްޖޭގައި 243 ވޯޓު ފޮށި ވަނީ ބަހައްޓައިފަ އެވެ.

އިންތިހާބު ގަޑުބަޑު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދު ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންތިހާބު އަމާންކަމާއެކު ދާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮތް ކަމަށެވެ.

"އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ބާއްވަމުންދާގޮތް ވަރަށް ސާފުކޮށް ތި ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. މީގެ ކުރިން ވެސް އެކަންކަން ކޮށްފައި ތިއްބެވި ބޭފުޅުން އެ ތިއްބެވީ އެކަން ހިންގަން. އެހެންކަމުން އެކަހަލަ އެއްވެސް ކަމެއް މި ވޯޓު ތެރޭގައި ހިނގާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.