Advertisement

ބަންގްލަދޭޝްގައި ފިލައި ކުޅެނިކޮށް ނިދުނު ކުއްޖަކު ހޭލި އިރު ހުރީ މެލޭޝިއާގައި

28 ޖަނަވަރީ 2023 - 11:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެ ކުއްޖާ ކޮންޓެއިނަރުން ނުކުތް ވަގުތުގެ ވީޑިއޯގެ ސްކްރީންޝޮޓެއް.


ބަންގްލަދޭޝްގައި ފިލައި ކުޅެނިކޮށް ނިދުނު ކުއްޖަކު ހޭލި އިރު ހުރީ މެލޭޝިއާގައި

28 ޖަނަވަރީ 2023 - 11:59 0

ބަންގްލަދޭޝްގެ ޗިއްޓަގޮންގް ބަނދަރުގައި ފިލައި ކުޅެމުން ކޮންޓެއިނަރެއް ތެރެއަށް ވަދެ ނިދުނު ކުއްޖަކު ހޭލި އިރު ހުރީ މެލޭޝިއާގައި ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ފަހީމް ނަމަކަށް ކިޔާ ކުއްޖާ ހަ ދުވަސް ވަންދެން ކޮންޓެއިނަރު ތެރޭގައި ތާށިވެފައި ހުރީ ފެނާއި ކާބޯއެއްޗެއް ނެތި އެވެ. އޭނާ ސަލާމަތްވީ ތިން ހާސް ކިލޯމީޓަރު ދަތުރުކޮށް، ކްލާންގް ބަނދަރަށް ކޮންޓެއިނަރު ބޭލި ފަހުންނެވެ.

މެލޭޝިއާގެ ބަނދަރުގައި އުޅޭ އޮފިޝަލުންނަށް ކޮންޓެއިނަރު ތެރެއިން 15 އަހަރުގެ ކުއްޖާ ފެނުނީ ޖެނުއަރީ 17 ގަ އެވެ.

ޑެއިލީ މެއިލް ނޫހުން ބުނީ އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ނުކައި ނުބޮއެ ވަރު ދެރަވެފައި ހުރުމުން އިތުރު ފަރުވާ ދެނީ ޓެންގްކޫ އަމްޕުއާން ރަހިމާހް ހޮސްޕިޓަލުގައި ކަމަށެވެ.

ބަނދަރުގައި ތިބި އޮފިޝަލުން ކޮންޓެއިނަރުގެ އެތެރެ ބެލީ އެތެރެއިން ތަޅާ އަޑުތައް އިވިގެންނެވެ. އެ ކުއްޖާ ކޮންޓެއިނަރުން ނުކުންނަ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޗާ ހޫންގް ފޮންގް ވިދާޅުވީ އެކަމުގައި ހިޔުމަން ޓްރެފިކިންއަށް ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށާއި އެ ކުއްޖާ ކޮންޓެއިނަރު ތެރޭގައި ތާށިވީ އޮޅުމަކުން ކަމަށެވެ.

ހޯމް އެފެއާޒް މިނިސްޓަރު ސައިފުއްދީން ނަސޫތިއޯން ބިން އިސްމާއިލް ވިދާޅުވީ އެ ކުއްޖާ އަނބުރާ ބަންގްލަދޭޝަށް ފޮނުވުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.