Advertisement

އަހަރުގެ ފުރަތަމަ 25 ދުވަސް ތެރޭ 138،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި

28 ޖަނަވަރީ 2023 - 10:09 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި؛ މި އަހަރު މިހާތަނަށް 138 ޓޫރިސްޓުން ރާއްޖެ އައިސްފި ؛ ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އަހަރުގެ ފުރަތަމަ 25 ދުވަސް ތެރޭ 138،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި

28 ޖަނަވަރީ 2023 - 10:09 0

މި މަހުގެ ފުރަތަމަ 25 ދުވަހު ރާއްޖެއަށް 138،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 138،593 ޓޫރިސްޓުންނެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، އިންޑިއާއިންނެވެ. އެއީ 241،369 ފަތުރުވެރިންއެވެ. އަދި، 201،957 ފަތުރުވެރިންނާއެކު ދެވަނާގައި އޮތީ ރަޝިއާ އެވެ. އަދި، ތިން ވަނާގައި އޮތް އިނގިރޭސިވިލާތެވެ. އެއީ 179،312 ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓުގައި ދެން ހިމެނެނީ ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސްގެ އިތުރުން ސްޕެއިން އަދި ސްވިޒަލޭންޑެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޓުއަރިޒަމް މިނިސްޓްރީން 1،219 ތަނަކަށް ހުއްދަދީފައިވާރު، މިހާރު ހިދުމަތްދެމުން އަންނީ 1،215 ތަނަކުންނެވެ. އެއީ 168 ރިސޯޓާއި، 13 ހޮޓެލްގެ އިތުރުން 877 ގެސްޓްހައުސް އަދި 157 ސަފާރީއެވެ. މިއީ 59،768 ބެޑް ކެޕޭސިޓީއެވެ.

މިއަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ޓޫރިޒަމްގެ ރިކޯޑެއް ހެދުމަށެވެ.

ކޮވިޑުގެ ހާލަތު އެންމެ ގޯސް ވެގެން ރާއްޖޭގެ ބޯޑަރު ތިން މަހަށް ވުރެ ގިނަ ދުވަހަށް ބަންދު ކުރި، 2020 ވަނަ އަހަރު އައިސްފައި ވަނީ 555،494 ޓޫރިސްޓުންނެވެ. ޖެހިގެން އައި 2021 ވަނަ އަހަރު އައިސްފައި ވަނީ 1.3 މިލިއަން ޓޫރިސްޓުންނެވެ. އަދި، މިދިޔަ އަހަރު ރާއްޖެއަށް އައީ 1.67 މިލިއަން ޓޫރިސްޓުންނެވެ.