Advertisement

ހުޅަނގުގެ ބާރުތަކުން ޔޫކްރޭނަށް އިތުރު 321 ޓޭންކަރު ހަދިޔާކުރަނީ

28 ޖަނަވަރީ 2023 - 07:43 1

އަހުމަދު އާއިދު

އަހުމަދު އާއިދު


ހުޅަނގުގެ ބާރުތަކުން ޔޫކްރޭނަށް އިތުރު 321 ޓޭންކަރު ހަދިޔާކުރަނީ

28 ޖަނަވަރީ 2023 - 07:43 1

ޔޫކްރޭނާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އެ ގައުމަށް އެހީގެ ގޮތުގައި ހުޅަނގުގެ ބާރުތަކުން އިތުރު 321 ޓޭންކަރު ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށް ބުނެފި އެވެ.

ޔޫކްރޭންއިން ފްރާންސަށް ކަނޑައަޅާފައިވާ ސަފީރު ވަޑީމް އޮމެޗެންކޯ ފްރާންސްގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ 321 ޓޭންކަރު ޔޫކްރޭންއަށް ހަދިޔާ ކުރުމަށް މިހާރު އެއްބަސްވުންތައް ނިމިފައިވާ ކަމަށެވެ.

ނަމަވެސް މި ޓޭންކަރުތައް ހަދިޔާ ކުރަނީ ކޮން ގައުމުތަކެއް ކަމެއް ނުވަތަ ޓޭންކަރު ތަކުގެ ތަފުސީލެއް ވަޑީމް ދެއްވާފައެއް ނުވެ އެވެ.

"ޔޫކްރޭނަށް އެހީ ބޭނުންވަނީ ވީހާވެސް އަވަހަކަށް، މި އަހަރުގެ މެދު ތެރެއާ ހަމައަށް އެހީ ލިބިއްޖެ ނަމަ މާ ލަސްވެދާނެ" އޭނާ ވިދާޅުވި އެވެ.

ހުޅަނގުން 321 ޓޭންކު ހަދިޔާ ކުރަން ނިންމާފައިވާކަން ޔޫކްރޭނުން އިއްޔެ އިއުލާން ކުރި އިރު، މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާއިން 31 ޓޭންކަރު، ޖަރުމަނުން 14 ޓޭންކަރު ދިނުމަށް ވަނީ ވައުދުވެފަ އެވެ. މީގެ ކުރިންވެސް ޔޫކްރޭނަށް އިނގިރޭސިވިލާތުން 12 ޓޭންކަރު ހަދިޔާކޮށްފައިވެ އެވެ.

ޔޫކްރޭން ހަނގުރާމައަށް އަހަރެއް ވެފައިވާއިރު މިހާރު އެ ގައުމުން ތައްޔާރުވަމުން ދަނީ ރަޝިޔާގެ ދެވަނަ ހަމަލާގެ ރާޅެއް ކުރިއަށް އޮތް ފަށާފައިވާނެ ކަމަށް ވިސްނައިގެންނެވެ. ހަބަރުތައް ލިބޭ ގޮތުގައި ހުޅަނގުގެ އެހީ ނުލިބި އޮއްވާ ހަނގުރާމައިގެ ދެވަނަ ރާޅެއް ފެށިއްޖެ ނަމަ އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ އެވެ.