Advertisement

ކައުންސިލުން މާލެއަށް ކުނި ޖަމާކުރާތީ އީޕީއޭއިން އެކަން ކުށްވެރިކޮށްފި

26 ޖަނަވަރީ 2023 - 15:54 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކައުންސިލުން ބުނީ މި ކުނިތައް އެއްކުރަން ޖެހުނީ ވެމްކޯއިން ކައުންސިލުގެ ކުނިތައް ބާޖަައް ނޭރުވުމުން ކަމަށް،..


ކައުންސިލުން މާލެއަށް ކުނި ޖަމާކުރާތީ އީޕީއޭއިން އެކަން ކުށްވެރިކޮށްފި

26 ޖަނަވަރީ 2023 - 15:54 0

ސިޓީ ކައުންސިލުން މާލެ ތެރެއިން ނަގާ ކުނި އެކައުންސިލްގެ ބިމަކަށް ޖަމާކުރަމުން ދާތީ އެތަނުން ކުނި ނެގުމަށް ތިމާވެއްޓާ ބެހޭ އޮތޯރިޓީން އަންގައިފި އެވެ.

އީޕީއޭއިން ބުނީ ސިޓީ ކައުންސިލުން މާލޭގެ ސަރަހައްދަކަށް ގަވައިދާ ހިލާފަށް ކުނި އެއްކުރަމުންދާކަން އެ އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިހާރު އެކުނިތައް އެތަނުން ނަގައި ސާފުކުރުމަށް އަންގާފައިވާނެ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި ސިޓީ ކައުންސިލުން ބުނީ، ކައުންސިލުން އެކުނިތައް ޖަމާކުރަމުން ދިޔައީ ސިޓީ ކައުންސިލުގެ ބިމަކަށް ކަމަށެވެ. އެ ކުނި ޖަމާކުރަން ޖެހުނީ ބާޖު ފުރިފައިވާ ކަމަށް ބުނެ ސިޓީ ކައުންސިލުގެ ލޮރީތަކަށް ވެމްކޯ ގޭޓުން ވަނުމުގެ ފުރުސަތު ނުދޭތީ ކަމަށް ކައުންސިލުން ބުންޏެވެ.

"ކުނިތަކަކީ ކޮންމެދުވަހަކުވެސް ހުސްކުރެވޭ ކުނިތަކެއް އެހެންނަމަވެސް ބާޖުން އެފުރުސަަތު ލިބުމުގައި ދަތިތައް ދިމާވޭ،" މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ކުނީގެ މައްސަލައިގައި ވެމްކޯގެ ފަރާތުން ދަތިތައް ދިމާވާ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލްގެ ކަންބޮޑުވުންތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ވެސް ހިއްސާ ކޮށްފަ އެވެ.

މުއިއްޒު ވިދާޅުވީ، އީޕީއޭއިން އަންގާފައިވާ ގޮތަކަށް ކައުންސިލުން މަސައްކަތް ކުރާނެ ކަަމަށެވެ. އަދި ކުނީގެ މައްސަލަ ހައްލުކުރުމަށް އީޕީއޭ އިިން ކައުންސިލަށް އެއްބާރުލުން ދީ މި ކުނިތައް ބަހައްޓާނެ ވަކި ސަރަޙައްދެއް ކަނޑައަޅައިދޭން ޖެހޭނެ ކަމަށް ދެކޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.